ފައިލް ފޮޓޯ
ފައިލް ފޮޓޯ

މަރާލެވުނު ޓެރަރިސްޓް އިންތިޚާބަށް ކުރިމަތިލި

އެމެރިކާއިން ދުނިޔޭގެ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހާފިޒް އަބްދުއްރައޫފް، ލާހޫރުގެ އިންތިޚާބީ ދާއިރާއަކުން ޕާކިސްތާނުގެ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ބައިވެރިވެފައިވާކަމަށް ނިއުސްވީކުން 13 މެއިގައި ރިޕޯޓުކޮށްފައިވެއެވެ.

އޭނާ ވާދަކޮށްފައިވަނީ ޕާކިސްތާންގެ ވެރިކަން ކުރާ މުސްލިމް ލީގް ނަވާޒްގެ ލިސްޓެއްގައެވެ. 2010 ވަނަ އަހަރު އެމެރިކާގެ ޓްރެޜަރީން އޭނާ ލިސްޓުކޮށްފައިވަނީ ލަޝްކަރޭ ތައިބާގެ އިސް ފަރާތެއްގެ ގޮތުގައެވެ. އަދި އެޖަމާއަތުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ގޮފިކަމަށްވާ ފަލާހޭ އިންސާނިއްޔަތު ފައުންޑޭޝަންގެ އިސް މަސްއޫލުވެރިޔާގެ ގޮތުގައެވެ.

ނިއުސްވީކުން ބުނަނީ އޭނާ އިންތިޚާބަށް ކުރިމަތި ލުމުން ޕާކިސްތާނުން ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތް ނުކުރާކަމުގެ ހެކިތައް ފެންނަ ކަމަށެވެ.

އޭނާ އިންތިޚާބުގައި ވާދަކޮށްފައިވާ ކަން ކަށަވަރުކުރެވިފައިވަނީ އޭނާގެ ޕާކިސްތާނީ އައިޑެންޓިޓީ ކާޑުގެ ނަންބަރުންނެވެ. އެ ނަމްބަރަކީ، އެމެރިކާގެ ދަތުރުފަތުރު ކުރުމަށް ހުއްދަނުދޭ މީހުންގެ ލިސްޓާ ބަލާއިރު ދެ ނަންބަރު ދިމާވާ ނަންބަރެކެވެ.

އިންޑިއާއިން ވަނީ އޮޕަރޭޝަން ސިންދޫރުގައި އޭނާ މަރާލާފައެވެ. އަދި އޭނާގެ ޖަނާޒާގައި ހިސާބުގަނޑުގެ މީހުންނާއެކު ސިފައިންގެ ޔުނިފޯމްގައި ތިބި ޕާކިސްތާން ސިފައިންގެ މީހުން ބައިވެރިވުމުން އޭނާއާ އޭނާގެ ޖަމާއަތަށް ސިފައިންގެ ތާއީދު އޮންނަ ކަމަށްވެސް މާނަކޮށްފައި ވެއެވެ.

ޕާކިސްތާނުގެ ސިފައިން ވަނީ އިންޑިއާގެ މި ވާހަކަތަކަކީ ޕްރޮޕެގަންޑާގެ ގޮތުގައި ބުނެފައެވެ.

ހިއްސާ ކުރައްވާ!