ކައުންސިލް އިމާރާތް ހހެދުމަށް ޗައިނާއާއެކު މިއަދު ސޮއިކޮށްފިއެވެ. ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް ބިނ ކުރާނެއެވެ.
މިއަދު ލެޓާ އޮފް އެކްސްޗޭންޖުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ ސަފީރު ކޮންގް ޝިންހުއާއެވެ.
މި މަޝްރޫއު ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ކުރިއަށް ގެންދާއިރު، ފަންނީ މަސައްކަތްތައް ކުރިއަށް ގެންދާނީ، ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ހަދާ 50 ކައުންސިލަކީ:
- ހދ. ވައިކަރަދޫ
- ށ. ފޭދޫ
- ށ. ކޮމަންޑޫ
- ށ. ގޮއިދޫ
- ހއ. ވަށަފަރު
- ހއ. އިހަވަންދޫ
- ހއ. ދިއްދޫ
- ހދ. ކުމުންދޫ
- ހދ. ނޭކުރަންދޫ
- ށ. ނަރުދޫ
- ނ. ހެނބަދޫ
- ނ. ޅޮހި
- ނ. ފޮއްދޫ
- ނ. މަނަދޫ
- ނ. މަގޫދޫ
- ނ. ލަންދޫ
- ރ. ވާދޫ
- ރ. ހުޅުދުއްފާރު
- ބ. ކަމަދޫ
- ބ. ކުޑަރިކިލު
- ބ. ފެހެންދޫ
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ކިހާދޫ
- ޅ. ކުރެންދޫ
- ކ. ހިންމަފުށި
- ކ. ކާށިދޫ
- ކ. ގުރައިދޫ
- ކ. ތުލުސްދޫ
- ކ. ގާފަރު
- އދ. ކުނބުރުދޫ
- އދ. މަހިބަދޫ
- އދ. ފެންފުށި
- މ. މުލި
- މ. ދިއްގަރު
- މ. މުލައް
- ފ. ފީއަލި
- ދ. ހުޅުދެލި
- ދ. ބަނޑިދޫ
- ތ. އޮމަދޫ
- ތ. ގާޑިއްފުށި
- ތ. ބުރުނީ
- ތ. ގުރައިދޫ
- ތ. ވޭމަންޑޫ
- ލ. މާބައިދޫ
- ލ. ކުނަހަންދޫ
- ލ. މާވަށް
- ގއ. މާމެންދޫ
- ގއ. ނިލަންދޫ
- ގދ. މަޑަވެލި
ފޮޓޯ: ހައުސިންގ މިނިސްޓްރީ





