އިންޖިނިއަރުންގެ އަގުވަޒަންކުރުމަށް 10 ދާއިރާއަކުން އިންޖިނިއަރިންގ އެވޯޑު

ރާއްޖޭގެ ތަރައްޤީއަށް އިންޖިނިއަރުން ކޮށްދޭ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އިންޖިނިއަރިންގ އެވޯޑުގެ އުސޫލު ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.

މި ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މިއީ ޤައުމީ ތަރައްޤީގެ އެކި ދާއިރާތަކުގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރާއި، އެ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން ފާހަގަކުރުމުގެ މަޤުޞަދުގައި ތައާރަފް ކުރި އެވޯޑެކެވެ.

އެވޯޑުގެ މައިގަނޑު މަޤުޞަދުތައް

  • ދިވެހި އިންޖިނިއަރުން ހޯދާ ކާމިޔާބީތައް ފާހަގަކުރުން.
  • ޒުވާނުން މި ދާއިރާއަށް ޝައުޤުވެރިކޮށް، ތަޢުލީމު ހާސިލުކުރުމަށް ހިތްވަރުދިނުން.
  • މޫސުމީ ބަދަލުތަކާ ގުޅ, ދެމެހެއްޓެނިވި އަދި އިޖާދީ އިންޖިނިއަރިންގ މަސައްކަތްތައް ކުރިއެރުވުން.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 ދާއިރާއަކުންނެވެ. 

  1. އިންޖިނިއަރ އޮފް ދަ އިޔަރ
  2. ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
  3. ޔަންގް އިންޖިނިއަރ އެވޯޑު
  4. ވިމެން އިން އިންޖިނިއަރިންގ އެވޯޑު 
  5. އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު
  6. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު 
  7. އިންޖިނިއަރިންގ ކޮންސަލްޓަންތް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ
  8. ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
  9. ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
  10. ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު

ކުރިމަތިލެވޭ ފަރާތްތައް

މި އެވޯޑުތަކަށް ވަކިވަކި ފަރުދުންނާއި، ޓީމުތަކާއި، މަޝްރޫޢު ހިންގާ ފަރާތްތަކުގެ އިތުރުން މުއައްސަސާތަކަށްވެސް ކުރިމަތިލެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތައް
  • ސަރުކާރު ހިއްސާވާ ކުންފުނިތައް
  • އިންޖިނިއަރިންގ ދާއިރާގެ ޕްއިވެޓް ކުންފުނިތަކާއި ފާމްތައް
  • ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓް ފަރާތްތައް
  • ޕްރޮޖެކްޓް ޓީމުތަކާއި ތަޢުލީމީ އަދި ދިރާސާކުރާ ޓީމުތައް
  • އިވެލުއޭޝަން ނިޒާމު

ހުށަހެޅޭ އެންމެހައި ނޮމִނޭޝަންތައް ވަޒަންކޮށް މާކުސް ދިނުމަށްޓަކައި، ޚާއްޞަ 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. މި ކޮމިޓީން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހެޅުންތައް ދިރާސާކޮށް އެންމެ ފުން ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާނެއެވެ.

ސުއާލެއް: މީހުން އަތުން ފައިސާ ނަގައިގެން ގިނަ ދުވަސްވަންދެން އިމާރާތްތައް ނުކޮށް ތިބޭ ކޮންޓްރަކްޓަރުންނާ ކުންފުނިތަކަށް ވެސް އިނާމު ލިބޭނެ ބާވައެވެ؟ ފެން ލީކުވާ އިމާރާތްތައް ހަދާ ފަރާތްތަކަށްވެސް އިނާމު ދެވޭނެ ބާވައެވެ؟

ހިއްސާ ކުރައްވާ!