މިއީ ތައިލެންޑްގައި ހިނގި ކަމެކެވެ. ތައިލެންޑްގައި ފުލުހަކަށް ހަމަލަދިން ބުޅަލެއް ހައްޔަރުކޮށްފިއެވެ. އަދި ކުށްވެރިއެއްގެ ގޮތުގައި ފޮޓޯނަގައި ފިންގަރ ޕްރިންޓްވެސް ނަގައިފިއެވެ.
މި ބުޅަލަކީ މަގުމަތިވެފައި ވަނިކޮށް ބަޔަކު މީހުން ހިފައި ފުލުހާ ހަވާލު ކުރި ބުޅަލެކެވެ. އެ ސޮރު ފުލުސް ކެޕްޓަނަށް ހަމަލަ ދިނީ ފުލުސް އޮފީހުގައެވެ. އެހެންވެ އެހިސާބުން ހައްޔަރު ކުރުމަށް މަޖުބުރުވީއެވެ!
މި ބުޅާ ސޮރު ފުލުހުންގެ ބަންދުގައި ބެހެއްޓީ އޭގެ ވެރިފަރާތް ހަވާލުވާން އަންނަން ދެންނެވެ. ވެރިފަރާތް އައުމުން ހުރިހައި މައސަލައެއް ބާޠިލުކޮށް އެސޮރު ވެރިންނާ ހަވާލު ކުރީއެވެ.








