ޒަކާތް، ޓެކްސް އަދި ކަސްޓަމްސް އޮތޯރިޓީ (ޒަޓްކާ) އިން އިޢުލާނުކޮށްފައިވާ ގޮތުގައި އައްރުބުއުލްޚާލީ އަދި އަލްހަދީތާ، އަދި އައްދުއްރާ ބޯޑަރު ކްރޮސިންގްތައް މެދުވެރިކޮށް ސަޢޫދީ ޢަރަބިއްޔާއަށް ޖުމްލަ 242,296 އެމްފެޓަމައިން ގެ މަސްތުވާ ގުޅަ ބޭސް ވެއްދުމަށް ކުރެވުނު ފަސް ވަކި ވަކި މަސައްކަތް ނާކާމިޔާބުކޮށްފައިވެއެވެ.
ޒަޓްކާގެ ތަރުޖަމާނު ހައްމޫދު އަލްހަރުބީ ވިދާޅުވި ގޮތުގައި، އެންމެ ގިނަ އަދަދެއް ހިދެއް ހޯދައިގެންފައި ވަނީ އައްރުބުޢުލްޚާލީ ބަނދަރުގައެވެ. އެތަނުން 202,570 ގުޅަ ފެނިފައިވަނީ ލޮރިއެއްގެ އެތެރޭގައި ފޮރުވާފައި ވަނިކޮށެވެ.
އަލްހަދީތާ ބަނދަރުގައި ވަކި ވަކި 3 މަސައްކަތް ހުއްޓުވާ ލެވުނެވެ. ފުރަތަމަ މަސައްކަތުގައި، ކަސްޓަމްސް އޮފިސަރުން ހޯދާފައިވަނީ ޓްރަކެއްގެ އެތެރޭގައި ފޮރުވާފައިވާ 9,859 ގުޅަ މަސްތުވާ ބޭހެވެ.
ދެވަނަ މަސައްކަތުގައި، 6,040 ގުޅަ މަސްތުވާ ބޭސް ފޮރުވާފައިވަނީ ކަރަންޓު ވަޔަރުތަކެއްގެ ޝިޕްމަންޓެއްގެ ތެރޭގައެވެ.
ތިންވަނަ މަސައްކަތުގައި 11,424 ގުޅަ ބޭސް ފޮރުވާފައި އޮތީ އުޅަނދެއްގެ ޑްރައިވް ޝާފްޓުގެ ތެރޭގައެވެ.
ފަސްވަނަ މަސައްކަތް ހުއްޓުވާލެވުނީ އައްދުއްރާ ބަނދަރުގައެވެ. އެތަނުގައި އޮފިސަރުން ހޯދާފައިވަނީ 12,403 މަސްތުވާ އެމްފެޓަމައިން ގުޅަ ބޭހެވެ. މިވެސް ފޮރުވާފައިވަނީ އުޅަނދެއްގެ ޑްރައިވް ޝާފްޓުގެ ތެރޭގައެވެ.
މި ތަކެތި ހިފެހެއްޓުމަށްފަހު، ޒަޓްކާއިން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ތެރޭގައި މި ތަކެތި ލިބެންވީ ފަރާތްތައް ހޯދައި ހައްޔަރުކުރުމަށް ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލާ ގުޅިގެން މަސައްކަތްކޮށްފައެވެ.
އޮތޯރިޓީތަކުން ކަށަވަރުކޮށް ދީފައިވާ ގޮތުގައި މި މައްސަލަތަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރެވިފައިވެއެވެ.







