ހައިދަރާބާދުގައި ބޭއްވި 72 ވަނަ މިސް ވޯލްޑް މުބާރާތުގެ ތާޖު ތައިލެންޑްގެ އޯޕަލް ސުޗަޓާ ޗުއަންގްސްރީ އަށް ލިބިއްޖެއެވެ. މި މުބާރާތުގެ ފައިނަލް ސެރަމަނީ ބޭއްވީ އިއްޔެ ހައިދަރާބާދުގެ ހިޓެކްސް އެގްޒިބިޝަން ސެންޓަރުގައެވެ.
މިސް ވޯލްޑް 2024 ކްރިސްޓީނާ ޕިޝްކޯވާ އަތުން އޯޕަލް އަށް ތާޖު އެޅުވުނު އިރު، މުބާރާތުގެ ފަސްޓް ރަނަރ އަޕްގެ އަޕްގެ މަޤާމު ހޯދީ އިތިއޯޕިއާގެ ހަސެޓް ދެރެޖެ އެވެ. ޕޮލެންޑްގެ މާޖާ ކްލަޖްދާ ވަނީ ސެކަންޑް ރަނަރ އަޕްގެ މަޤާމު ހޯދާފައެވެ.
ޕުކެޓްގެ އޯޕަލް ސުޗަޓާ ޗުއަންގްސްރީ އަކީ އިންޓަނޭޝަނަލް ރިލޭޝަންސް ކިޔަވަމުންދާ ޒުވާން މޮޑެލެކެވެ. އޭނާ އަކީ އުމުރުން 16 އަހަރުގައި އުރަމަތީ ކެންސަރަށް ޕޮޒިޓިވް ވުމުން އެ ރޮނގުން މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ޒުވާނެކެވެ.





