ޣައްޒާގެ ރައްޔިތުންގެ ކެކުޅުމާއި ވޭނަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ "މެޑްލީން" ނަމަކަށް ކިޔާ ބޯޓު ޣައްޒާއާ ދިމާއަށް ދަތުރުކުރަމުންދާއިރު، އެ ބޯޓުގެ ނަން ނިސްބަތް ކޮށްފައިވާ އަންހެން މީހާއާ ބެހޭ މައުލާމާތު އާންމު ވެފައެއް ނުވެއެވެ.
ޣައްޒާގެ ހަމައެކަނި އަންހެން މަސްވެރިޔާއަކީ މެޑްލީން ކުލާބް އެވެ. ޣައްޒާ ސިޓީގައި ނިސްބަތުން ހަމަހިމޭން ދިރިއުޅުމެއް އުޅެމުން އައީ އޭނާގެ ފިރިމީހާ ޚާޟިރު ބަކުރު (32 އަހަރު) އާ އެކުގައެވެ. ޚާޟިރު އަކީވެސް މަސްވެރިއެކެވެ.
މިހާރު އުމުރުން 30 އަހަރުގެ މެޑްލީނަކީ ބިރެއް ނެތި އިޒްރޭލުގެ ކަނޑުގެ ހިސާރަ ކުރުމުން އާއިލާއަށް ދިރިއުޅެން ބޭނުންވާ މަސް، ލޯކަލް މާރުކޭޓުގައި ވިއްކައި އުޅޭ މީހެކެވެ.
އިޒްރޭލުން ޣައްޒާއާ ދެކޮޅަށް އުދުވާނީ ހަނގުރާމަ ފެށުމާއެކު މެޑްލީންގެ ބައްޕަ ޝަހީދުކޮށްލާފައި ވެއެވެ. އެއިރު މެޑްލިންގެ ބަނޑަށް 9 މަހެވެ. އޭނ އަވަހަށް އެހިސާބުން ފިލައިގެން ޚާން ޔޫނިސްއަށް ދިޔައެވެ. އޭގެ ފަހުން ރެފިއުޖީންގެ ގޮތުގައި ރަފަހައަށް އަދި އެއަށްފަހު އަނެއްކާވެސް ދޭރުލް ބަލަޙައަށް އަދި ފަހުން ނުސައިރާތަށް ބަދަލުވެފައި ވެއެވެ.
މިހާރު އަނެއްކާވެސް އޭނާ އެއިނީ އެމީހުންގެ ގޭގެ ހަލާކު ނުވެ ބާކީއޮތް ބައިގައި ޣައްޒާ ސިޓީގައެވެ.
މި ފޮޓޯގައ މި ފެންނަނީ މެޑްލީން އޭނާގެ ގޭގެ ހަލާކުވެފައިވާ ސިޓިންގ ރޫމްގައި ސޯފާއެއްގައި އާއިލާއާ އެކު އިން މަންޒަރެވެ.
ޣައްޒާގެ ބްލޮކޭޑް މުގުރާލަން މަސައްކަތްކުރާ ބޯޓަށް އޭނާގެ ނަމުން ނަން ދޭން އުޅޭކަން މީހުންގެ ފަރާތުން އެނގުނު ކަމަށް އޭނާ ބުނެއެވެ.
މެޑްލިންއަކީ އުމުރުން 15 އަހަރުން ފެށިގެން މަސްވެރިކަމުގައި އުޅޭ އަންހެނެކެވެ.






