އޮސްޓްރިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގްރާޒްގެ ބޯރގް ޑްރެއިރޝުޓްޒެންގާސް ސްކޫލުގައި ބަޑިޖެހުމުގެ ހާދިސާއެއްގައި ނުވަ މީހަކު މަރާލައިފިއެވެ. އަދި އެހަމަލާގައި އެތައް ބަޔަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ބަޑިޖަހާފައިވާ ކަމަށް ޝައްކުކުރެވޭ މީހާ ވަނީ ފަހުން އަމިއްލައަށް މަރުވެފައެވެ. އޭނާއަކީ، 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހަމަލަ ދީފައި ވަނީ ދެ ރައިފަލަކާއި ފިސްތޯލައެއް ބޭނުންކޮށްގެންނެވެ.
ފުލުހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ ހެނދުނު 11:30 ހާއިރު އެވެ. އަދި ސްކޫލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސް މީހުން އެތަނުން ހުސްކުރިއެވެ.
މި ހަމަލަ ދިން މީހާއަކީ ކުރިން މިސްކޫލުގައި ކިޔަވަން އުޅުނު މީހެކެވެ. އަދި ސްކޫލުން ކަނޑާލާފައި ވަނީ ފާސް ނުވެގެންނެވެ. ނަމަވެސް ހަމަލަ ދިން ސަބަބު ސާފެއް ނުވެއެވެ.
އޮސްޓްރިއާގެ ޗާންސެލަރު ކްރިސްޓިއަން ސްޓޮކަރ ވަނީ މިއީ ހިތާމަވެރި ދުވަހެއް ކަމަށާއި މި ހާދިސާއާ ގުޅިގެން ގައުމީ ފެންވަރުގައި 3 ދުވަހަށް ހިތާމަ ފާޅު ކުރުމަށް ނިންމައި ބައި ދަނޑީގައި ދިދަ ބެހެއްޓުމަށް ނިންމާ ފައެވެ. އަދި ބުދަ ދުވަހު މުޅި ގައުމުގައި އެއް މިނިޓުގެ ސުކޫތެއް ގެނައުމަށްވެސް ނިންމާފައި ވެއެވެ.






