އިނގިރޭސި އަސްކަރީ ބޯޓަކުން ތެޔޮ ހުސްވެގެން ޓްރިވެންޑްރަމަށް ޖައްސައިފި

އީރާނާ ދެކޮޅަށް އިޒްރޭލަށް ސަޕޯޓު ކުރުމަށް އުދުހެމުން ދިޔަ އިނގިރޭސިވިލާތުގެ އެފް35 ގެ މަތިންދާބޯޓުން ތެޔޮ ހުސްވާން ކައިރި ވުމުން ޓްރިވެންޑްރަމް އެއާޕޯޓަށް ޖައްސައިފިއެވެ.

ތެޔޮ ހުސްވާކަމަށް ބުނުމުން އިންޑިއާއިން ވަނީ އެ ބޯޓު ވަގުތުން ޖެއްސުމަށް ހުއްދަ ދީފައެވެ.

އިންޑިއާއިން ފަހުން ބުނެފައި ވަނީ އެ ބޯޓު އުދުހިގެން އައީ މަތިންދާބޯޓު އުފުލާ މަނަވަރަކުން ކަމަށެވެ.

އިނގިރޭސިން ދަނީ މަނަވަރުތަކާއި ފައިޓާޖެޓްތައް ގަލްފް ސަރަހައްދަށް އީރާނާ ކުރިމަތި ލުމަށް ފޮނުވަމުންނެވެ.

ހިއްސާ ކުރައްވާ!