އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއާ އީރާނުން ގުޅުން ކަނޑާލައިފި

އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއަށް އެއްބާރުލުން ދިނުން ނިމުމަކަށް ގެނަސް އީރާނުން ފާސްކޮފައިވާ ގާނޫނު މިއަދު އީރާންގެ ރައީސް ތަސްދީގު ކުރައްވައިފިއެވެ.

މި ފިޔަވަޅަކީ، ޖޫން މަހުގެ 13 ވަނަ ދުވަހު އީރާނާ ދެކޮޅަށް ޒަޔަނިސްޓު ޓެރަރިސްޓުން ފެށި ހަމަލަތަކާއި އަދި އެއަށްފަހު އެމެރިކާއިން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލަ ދިނުމުން އެކަން އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން ކުށްވެރި ނުކުރުމުން އީރާނުން އެޅި ފިޔަވަޅެކެވެ. މި ފިޔަވަޅާއެކު އީރާނުން އައިއޭއީއޭއާއެކު ގުޅުމެއް ނުބާއްވާނެއެވެ.

އާޖެންޓީނާގެ ރާފާއެލް ގްރޯސީ އިސްކޮށް ހުންނަ މިއިދާރާއިން ވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލަ ދިނުމަށް ފަހިކޮށްދީ އެކަމަށް މަގު ކޮށައި ދީފައެވެ. އީރާނުން ދެކެނީ ގްރޮސީއަކީ އިޒްރޭލުގެ އެޖެންޓެއްގެ ގޮތުގައެވެ.

އީރާނުގެ މީޑިއާއިން ބުނެފައި ވަނީ މި ގާނޫނުގެ މަގުސަދަކީ ނިއުކްލިއާ ހަތިޔާރު ފެތުރުމަ ދެކޮޅަށް އެކުލަވާފައިވާ މުއާހަދާގެ ދަށުން "އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ޠަބީޢީ ހައްގުތައް ސާބިތުކުރުން ކަށަވަރުކުރުމައި" "ޚާއްޞަކޮށް ޔޫރޭނިއަމް ފައްކާ ކުރުމަށް އީރާނަށް ލިބިގެންވާ ހައްގު ކަށަވަރު ކުރުން" ކަމަށެވެ.

ހިއްސާ ކުރައްވާ!