ވައިޓްހައުސްގައި ޓްރަމްޕާ ބައްދަލުކުރެއްވުމަށްފަހު ސައުދީ ޑިފެންސް މިނިސްޓަރު އީރާނުގެ ސިފައިންގެ އިސްވެރިޔާއަށް ގުޅުއްވައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ވައިޓް ހައުސްގައި ޓްރަމްޕާއި ސައުދީގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާންއާ މަޝްވަރާތައް ބެއްވީ ބުރާސްފަތި ދުވަހު އެވެ.
މި މަޝްވަރާގައި އީރާނާއި "ސަރަހައްދީ އެހެން މައްސަލަތަކާ" ބެހޭ ގޮތުން މަޝްވަރާ ކރެއްވި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
މި ބައްދަލުވުމަށްފަހު ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ކޮއްކޮ ޚާލިދު ވަނީ ފޯނުން އީރާނުގެ ސިފައިންގެ ޗީފް އޮފް އާމީ ސްޓާފް އަބްދުލްރަހީމް މޫސަވީއާ މަޝްވަރާތަކެއް ބާއްވަވާފައެވެ.
ޓްރަމްޕާއި މުހައްމަދު ބިން ސަލްމާންގެ ކޮއްކޮ ބެއްވި ބައްދަލު ވުމަކީ ޔަހޫދީންގެ ލީޑަރު ނަތަންޔާހޫ ހޯމަ ދުވަހު ވައިޓް ހައުސްގައި ބައްދަލު ކުރުމުގެ ކުރިން ބާއްވާފައިވާ ސައްލާއެއް ކަމަށް ބެލެވެއެވެ.






