އެމެރިކާ ސިފައިންނާއެކު އިމިގްރޭޝަނުން މީހުންނާ ދެކޮޅަށް ކެމިކަލް ބޭނުންކޮށްފި

އެމެރިކާގެ ދެކުނު ކެލިފޯނިޔާގައި އަފިހޫންގެ ދަނޑުވެރިކަން ކުރާ ސަރަހައްދަށް ޓްރަމްޕްގެ އިރުޝާދާ އެއްގޮތަށް އިމިގްރޭޝަން އިން ރެއިޑްކޮށްފިއެވެ. މި ރެއިޑް ކުރުމުގައި އިމިގްރޭޝަން އެޖެންޓުންނަށް ހުރަސް އެޅި މީހުންނާ ދެކޮޅަށް ކެމިކަލް ބޭނުން ކުރިކަމަށްވެސް ނިއުސްވީކްއިން ރިޕޯޓް ކޮށްފައި ވެއެވެ.

މި އަފިހޫނުގެ ދަނޑުވެރިކަން ކުރާ މީހުންނަކީ ހުއްދަ ނަގައިގެން އަފިހޫން ގަސް އުފައްދައިގެން އޭގެ ދަނޑުވެރިކަން ކުރާ ބައެކެވެ.

"ގްލާސް ހައުސް ފާމްސް" އަށް ކުރި ރެއިޑްގައި ސިފައިންވެސް ބައިވެރިވެ ބާރުގެ ބޭނުންކޮށްފައިވާތީ ގިނަ ބަޔަކަށް ވަނީ އަނިޔާ ވެފައެވެ.

އިމިގްރޭޝަންގެ އެޖެންޓުން ދިޔައީވެސް ސިފައިން ބޭނުން ކުރާ ވައްތަރުގެ އުޅަނދުތަކުގައެވެ. މި ރެއިޑް ހިނގަމުން ދިޔައިރު ކޮންގްރެސްގެ މެމްބަރު އެތަނަށް ދިއުމުން އޭނާއަށްވެސް ސިފައިން ހުރަސް އެޅި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އަދި އެހިސާބުގެ ކައުންސިލްގެ މެމްބަރުން ދިއުމުން އެމީހުންވެސް ބިން މައްޗަށް ވައްޓާލައި އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މަސްއޫލުވެރިން ވިދާޅުވީ މި ރެއިޑުތަކަކީ އެމެރިކާގެ ސިޔާސީ ހަމަތަކާ ޚިލާފަށް ޓްރަމްޕްގެ ސަރުކާރުން ހިންގާ ޚުދުމުޚުތާރު އަމަލުތަކެއް ކަމަށެވެ.

ޓްރަމްޕް ވަނީ އިމިގްރޭޝަނުން ދުވާލެއްގެ މައްޗަށް 1200 އެއްހައި މީހުން ހައްޔަރު ކުރަން ކޯޓާއެއް ކަނޑައަޅާފައެވެ.

ހިއްސާ ކުރައްވާ!