ޓްރަމްޕްގެ ނާގާބިލު ސަރުކާރަކީ ނަސްލީ ތަފާތު ކުރާ ސަރުކާރެއް: ފަނޑިޔާރު ފްރިމްޕޮންގް

ލޮސް އެންޖެލިސްގައި އެމެރިކާގެ އިމިގްރޭޝަނުން މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ދަނީ އެމީހުންގެ ނަސްލާއި ވާހަކަ ދައްކާ ބަހަށާއި ހަމުގެ ކުލައަށް ބަލައިގެން ކަމަށާއި އެކަން ހުއްޓާލުމަށް އެމެރިކާގެ ފަނޑިޔާރަކު އަންގައިފިއެވެ. އަދި މީހުން ބަލައި ފާސްކޮށް ހައްޔަރު ކުރަމުން އަންނަނީވެސް ސަބަބެއް ނެތިކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު މާމޭ އިވޫސީ-މެންސާ ފްރިމްޕޮންގް އަމުރު ކުރެއްވީ، މީހެއްގެ ފުށުން ފެންނާން ހުންނަ ނަސްލީ ސިފައަކުން ނުވަތަ ބޭރުފުށަށް ފެންނަ ގޮތަކުން "އެކަށީގެންވާ ޝައްކެއް" އޮތް ކަމަށް ކަނޑައެޅުމަކާ ނުލައި މީހުން ހައްޔަރު ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ފަނޑިޔާރު ފްރިމްޕޮންގް އަކީ ކުރީގެ ރައީސް ޖޯ ބައިޑަން އައްޔަން ކުރެއްވި ފަނޑިޔާރެކެވެ.

މި ފަނޑިޔާރު މި އަމުރު ނެރުއްވީ އެމެރިކާގެ އިމިގްރޭޝަން އިދާރާއިން ސިފައިންނާއެކު ވަޒީފާ އަދާކުރާ ތަންތަނަށާއި ދަނޑުތަކަށް ރެއިޑްކޮށް، އެތަންތަނުން ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ކަމަށް ބެލެވޭފަދަ ހާލަތްތަކުގައި މީހުން އިހާނެތި ގޮތްގޮތަށް ހައްޔަރު ކުރަމުން ދިއުމާ ގުޅިގެންނެވެ. މި އަމުރު ފަނޑިޔާރތު ނެރުއްވީ، ހައްގަށް މަސައްކަތް ކުރާ އެމެރިކަން ސިވިލް ލިބަޓީ ޔޫނިއަން އިން ހުށަހެޅި ދެ ދައުވާއެއް އަޑުއަހަން ފެށުމާ ގުޅިގެންނެވެ.

ލައިބީރިޔާގެ ރައީސާއެކު އެފްރިކާގެ ފަސް ގައުމެއްގެ ރައީސުންނާ ދެކޮޅަށް ނަސްލީތަފާތު ކޮށް، މަލާމާތް ކުރި ކަމަށް ލައިބީރިޔާގެ ރައީސް މީޑިއާގައި ސިފަކުރެއްވި ޓްރަމްޕް ރައީސްގެ އިރުޝާދުގެ މަތިން ދުވާލެއްގެ މައްޗަށް 1200 މުހާޖިރުން ހައްޔަރުކުރުމަކީ އިމިގްރޭޝަން އިދާރާއިން ކުރަން ޖެހޭ ކަމެކެވެ.

ފަނޑިޔާރު ފްރިމްޕޮންގް އޭނާގެ ހުކުމުގައި ވިދާޅުވީ ޓްރަމްޕްގެ ނާލާއިގް ސަރުކާރުން "ހަގީގަތުގައި ވެސް އެކަށީގެންވާ ޝައްކެއް ނެތި ސިފައިންގެ އުޅަނދުތައް ތަންތަނަށް ފޮނުވައި މީހުންގެ ބޯލޮޅު ބަލަމުންދާ ކަމަށާއި އަދި މީހުން ހައްޔަރު ކުރުމަށްފަހު ވަކީލުންނާ ބައްދަލު ކުރުމަށްވެސް ފުރުސަތު ނުދޭ" ކަމަށެވެ.

ފަނޑިޔާރު ފްރިމްޕޮންގް ވިދާޅުވީ މިހާތަނަށް ލޮސް އެންޖެލިސްއިން ހައްޔަރު ކުރި މީހުން ހައްޔަކުރީ ކޮން އަސާސެއްގެ މައްޗަށްތޯ ސުއާލު ކުރުމުން ސަރުކާރަށް އެއަށް ޖަވާބު ދެވިފައި ނުވާ ކަމަށެވެ.

މި އަމުރުގައި ފނަޑިޔާރު ވިދާޅުވީ، އިމިގްރޭޝަންއާ ގުޅިގެން މީހުން ހައްޔަރު ކުރުމުގައި ހަރަކާތްތެރިވެފައިވާ އިމިގްރޭޝަން އިދާރާއާއި އެފްބީއައި އާއި ޖަސްޓިސް ޑިޕާޓްމަންޓުންވެސް މިއަމުރަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ހުކުރު ދުވަހުގެ އަމުރުގައި ފްރިމްޕޮންގް ވދާޅުވެފައި ވަނީ ހައްޔަރު ކުރި މީހުންގެ ލިޔެކިޔުންތައް ހޯމް ލެންޑު ސެކިއުރިޓީން ގަވާއިދުން ބަލަހައްޓަން ވާނެ ކަމަށާއި އެމީހުންގެ ވަކީލުންނަށް އެމައުލޫމާތު ދޭން ޖެހޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!