އިޒްރޭލުން ކޮންސެންޓްރޭޝަން ކޭމްޕެެއް ބިނާކުރާތީ ޖަރުމަން ރައީސް ހިތާމަކޮށްފި

ނަސްލު ނައްތާލުމަށް ޔަހޫދީންނަށް ހަތިޔާރު ދިނުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމަށް ބުނި ޖަރުމަން ޗާންސެލަރ މެރްޒް ވަނީ ޔަހޫދީން ކޮންސްޓްރޭޝަން ކޭމްޕެއް ބިނާ ކުރާތީ އެކމާ ހިތާމަ ކުރާ ކަމަށް ބުނެފައެވެ.

ޣައްޒާގެ އާބާދީ ގަދަކަމުން ރަފަހުގައި ކަށި ނަރު ދެމި ކޮންސެންތްރޭޗަން ކޭމްޕަކަށް ވައްދާލުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތް ވަނީ ފަށާފައެވެ. އިޒްރޭލު ސަރުކާރު ރޭޑިއޯއިން ބުނިގތުގައި މިހާރު ޖަހާފައިވާ ހިސާބުތައް ދައްކާ ގޮތުން އެ ކޮންސެންޓްރޭޝަން ކެމްޕް ބެލެހެއްޓުމަށްވެސް ފުރަތަމަ އަހަރު 5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ވެއެވެ.

ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިކް މެރްޒް ވަނީ ކޮންސެންޓްރޭޝަން ކެމްޕްގައި ފަލަސްތީނުގެ 600،000 އެއްހާ ރައްޔިތުން ބަންދުކުރުމަށ ޔަހޫދީންގެ ނާޒީ ޒަޔަނިސްޓް ސަރުކާރުން އރާވާފައިވާ މަޝްރޫޢަށް ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ.

މެރްޒްގެ ކާބަފައިންނަކީ ޔަހޫދީން ކޮންސެންޓްރޭޗަން ކެމްޕްގައި ގެންގުޅުނު މީހުންނެވެ.

ޖަރުމަނުގެ ސަރުކާރުގެ ބްރޯޑްކާސްޓަރު އޭއާރުޑީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މެރްޒް ބުނެފައި ވަނީ، "ޣައްޒާގައި މިހާރު ކަންތައްތައް ކުރިއަށްދާ ގޮތަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

"ޣައްޒާގައި އިޒްރޭލު ސަރުކާރުން ހިންގަމުންދާ ޢަމަލުތަކާމެދު އަޅުގަނޑު ހިތްހަމަނުޖެހޭތާ މިހާރު އެތައް ހަފުތާއެއް ވެއްޖެ. އަދި އެކަން އަޅުގަނޑު ވާނީ ހާމަކޮށްފައި،" ކޮންޒަވޭޓިވް ޕާޓީގެ އިސްވެރިޔާ އިތުރަށް ކިޔައި ދިނެވެ.

"އަޅުގަނޑުގެ އުއްމީދަކީ ޔޫރަޕުގެ ޤައުމުތަކާއި އެމެރިކާ ގުޅިގެން މަސައްކަތްކޮށް، ދެ ދައުލަތުގެ ޙައްލަކަށް ވާޞިލްވެވޭނެ މަގެއް ފަހިކުރެވޭނެ ކަމަށް. ފަލަސްތީނުގެ ރައްޔިތުންނަށް އަމާން ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވޭ،" މެރްޒް އިތުރަށް ބުންޏެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައިގެ ގިނަ މަރުޙަލާތަކުގައި ޖަރުމަނުން ވަނީ ޔަހޫދީންނަށް ސާބިތުކަމާއެކު ނަސްލު ނައްތާލުމަށް އަސްކަރީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދީފައެވެ. ޔަހޫދީން ހިންގާ މި ޖަރީމާތަކަކީ ނަސްލެއް ސާފުކޮށްލުމުގެ ޢަމަލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ އެތައް ޖަމާޢަތަކުން ސިފަކޮށްފައިވާ ކަމެކެވެ.

ހިއްސާ ކުރައްވާ!