ޣައްޒާ މީހުން މޫދަށް ދިއުމާއި މަސްވެރިކަން ކުރުން މަނާކޮށްފި

ޣައްޒާ މީހުން މޫދަށް އެރިއުޅުމާއި މަސްވެރިކަން ކުރުން މަނާކޮށްފައިވާ ކަމަށް އިޒްރޭލު ސިފައިން އަންގައިފިއެވ. އެވެ. ޔަހޫދީ ސިފައިން ނެރުނު އޯޑަރެއްގައި ބުނެފައި ވަނީ މި އަމުރާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ޔަހޫދީ އިޒްރޭލުގެ ސިފައިން ބާރުގެ ބޭނުންކުރާނެ ކަމަށެވެ.

ޣައްޒާގައި ޔަހޫދީ ސިފައިން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ތެރޭގައި 6,000 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެއްލި، ކާނާ ލިބޭ މަގު ބަންދުވެފައިވެއެވެ. މި މީހުންގެ ބޮޑު ބަޔަކީ މަސްވެރިންނެވެ.

ޣައްޒާގައި އަހަރަކު 3,500 ޓަނުގެ މަސް ބާނަމުން ދިޔަ މަސްވެރިކަމުގެ ދާއިރާއިން މިހާރު އެއްވެސް މަހެއް ނުލިބެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ ހުރިހައި ބޮއްކުރާއަކާއި އޮޑިއެއް އަންދާލައި ބޮންއަޅައި ހަލާކުކޮށްލާފައެވެ. އަދި ގިނަ އަދަދެއްގެ މަސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ އިތުރުން ޣައްޒާގެ މަސްވެރިކަމުގެ ބަނދަރު ވެސް ވަނީ ސުންނާފަތިކޮށްލާފައެވެ.

އިވާއިރު، މި ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ސަބަބުން ކަނޑުއަޅާ އެއްވެސް ޙަރަކާތެއް މިހާރު ނުހިނގައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އިސްމާޢީލް އަލް-ޘަވާބިތާ ވަނީ ޔަހޫދީންގެ މި އަމުރު ކުށްވެރިކުރައްވައި، މި ކަމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް ސިފަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!