ނިއުޔޯކް ސިޓީގެ މެންހަޓަންގައި ރޭ ބަޑިޖެހުމުގެ ހާދިސާއެއް ހިނގައިފިއެވެ. އަދި ހަމަލަ ދޭން އުޅުނު މީހާ ވަނީ މަރާލާފައެވެ. މި ހާދިސާގައި އާންމުންގެ މީހަކާއި ފުލުހަކަށް ބަޑިން ހަމަލަ ދީފައި ވެއެވެ. މިހާދިސާ ހިނގާފައި ވަނީ އިރާކޮޅުގައެވެ. މި ހަމަލަ ދިން މީހާ ވަނީ ނިއުޔޯކްގައި ހުންނަ ބްލެކްސްޓޯންގެ އިމާރާތަށް ވަންނަން އުޅެފައެވެ.
ހޯމަ ދުވަހު ނެވާޑާގެ ރީނޯގައި ވެސް ބަޑިޖެހުމުގެ ހާދިސާއެއް ހނގާފައި ވެއެވެ. އެ ހާދިސާގައި ވެސް ތިން މީހަކު މަރުވެ، ތިން މީހަކު ޒަހަމްވެފައިވެއެވެ.






