ޣައްޒާގައި މީހުން ބަނޑަށް ޖެއްސުމާ ގުޅިގެން އިސްރާއީލުގެ ޢިލްމުވެރިންނާއި، ފަންނުވެރިންނާއި، އަދި ފިކުރީ ގިންތީގެ މީހުންގެ ޖަމާއަތަކުން ވަނީ ބައިނަލްއަގްވާމީ ގޮތުން އިޒްރޭލަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މީޑިއާއަށް އާންމުކޮށްފައިވާ އާންމު ސިޓީއެއްގައި ސޮއިކޮށްފައިވާ 31 މީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަކަކީ، އެކަޑަމީ އެވޯޑް ލިބިފައިވާ ޔޫވަލް އަބްރަހަމް، އިސްރާއީލުގެ ކުރީގެ އެޓާނީ ޖެނެރަލް މައިކަލް ބެން-ޔާއާ، އިސްރާއީލުގެ ޕާލަމެންޓުގެ ކުރީގެ ރައީސް އަދި ޔަހޫދީ އެޖެންސީގެ ކުރީގެ ވެރިޔާ އަވްރަހަމް ބާގް، އަދި އިސްރާއީލުގެ އެންމެ މަތީ ސަގާފީ ޝަރަފު ކަމުގައިވާ އިސްރާއީލުގެ ޝަރަފުވެރި އިނާމު ލިބިފައިވާ ގިނަ އަދަދެއްގެ ފަރާތްތަކެވެ.
މި ފަރާތްތަކަކީ ޅެންވެރިކަމާއި، ސައިންސާއި، ނޫސްވެރިކަމާއި، އަދި އެކަޑަމީގެ ދާއިރާތަކުން ނަން މަޝްހޫރު މީހުންނެވެ. އެ ސިޓީގައި އިސްރާއީލަށް ތުހުމަތުކޮށްފައިވަނީ "ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި މަރުވާން ދޫކޮށްލައި، ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ގަދަކަމުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް މަސައްކަތްކުރާ" ކަމަށެވެ.
އެ އާންމު ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ "މި އަނިޔާވެރި ޙަމަލާތައް ނިމުމަކަށް ގެނެސް، ދާއިމީ ހަނގުރާމަ ހުއްޓުމެއް ތަންފީޒުކުރެވެންދެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އިސްރާއީލަށް ހަރުކަށި ކަމާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ" ކަމަށެވެ.
މި ސިޓީގައި ސޮއިކޮށްފައިވާ އެހެން ފަރާތްތަކުގެ ތެރޭގައި ފިލްމު އުފެއްދުމުގެ ދާއިރާއިން އެވޯޑް ލިބިފައިވާ ފަންނީ ދާއިރާގެ ފަރާތްތައްވެސް ހިމެނެއެވެ.
މިހަފްތާގައި އިޒްރޭލުގެ މުހިންމު ދެ އެންޖީއޯއަކުންވެސް ވަނި އިޒްރޭލުން ޣައްޒާގައި ހިންގަނީ ޖެނޮސައޑް ކަމަށް ބުނެ ކުށްވެރިކޮށްފައެވެ.






