ހޫސީން އިޒްރޭލަށް ތިން ހަމަލައެއް ދީފި

ޔަމަނުގެ ހޫސީންގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސާރީއު އިޢުލާން ކުރެއްވި ގޮތުގައި، އިސްރާއީލުގެ ހިފާފައިވާ ސަރަހައްދުތަކުގެ އެތެރޭގައި ހުރި އަމާޒުތަކަށް، ޔަމަނުން ތިން ފެންވަރުގެ މަތީ އަސްކަރީ އޮޕަރޭޝަނެއް ހިންގައިފިއެވެ.

ރަސްމީ ބަޔާނެއްގައި ބްރިގޭޑިއަރ ޖެނެރަލް ސާރީއު ހާމަކުރެއްވި ގޮތުގައި، ފުރަތަމަ އޮޕަރޭޝަނާއި ދެވަނަ އޮޕަރޭޝަން ކުރިއަށް ގެންދެވުނީ ދެ ޑްރޯން ބޭނުންކޮށްގެންނެވެ. އަދި ތިންވަނަ އޮޕަރޭޝަން ހިންގީ އެއް ޑްރޯނަކުން ކަމަށާއި، މި އޮޕަރޭޝަން އަމާޒުކުރެވުނީ އިސްރާއީލުން ހިފާފައިވާ ނޭގޭވް ސަރަހައްދުގައި ހުރި އަސްކަރީ އަމާޒަކަށެވެ.

ތަރުޖަމާނު އިތުރަށް ކަށަވަރުކޮށްދެއްވި ގޮތުގައި މި އަސްކަރީ އޮޕަރޭޝަންތަކުން "އެދެވޭ ނަތީޖާ ޙާޞިލުކުރެވުނު" ކަމަށާއި، މިއީ "އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަރަކާތަށް ލިބުނު ކާމިޔާބީއެއް" އަދި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ "ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ދެވުނު ޖަވާބެއް" ކަމަށެވެ.

ސާރީ އުއިތުރަށް ފާހަގަކުރެއްވި ގޮތުގައި ޣައްޒާގެ ހިސާރު ކުރުން ނިމުމަކަށް ގެނެސް، އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓެންދެން ޔަމަނުގެ ސިފައިންގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ އެވެ.

ހިއްސާ ކުރައްވާ!