އިންޑިއާގެ އިސްރޯއާއި ނާސާ ގުޅިގެން ސެޓެލައިޓެއް ފޮނުވައިފި

އިންޑިއާ އާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ އައު ރާޑަރު ސެޓެލައިޓެއް ބުދަ ދުވަހު ޖައްވަށް ދޫކޮށްލައިފިއެވެ. މި މިޝަންގެ މަޤްޞަދަކީ ދުނިޔޭގެ ބިމާއި ގަނޑުފެން ހުންނަ ސަރަހައްދުތަކަށް އަންނަ ނާޒުކު ބަދަލުތައް މޮނިޓާކޮށް، ޤުދުރަތީ އަދި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ލަފާކުރުމުގައި އެހީތެރިވުމެވެ.

"ނިސާރް" (ނާސާ-އިސްރޯ ސިންތެޓިކް އެޕަޗާ ރާޑާ) ގެ ނަމުގައި އުފައްދާފައިވާ މި ސެޓެލައިޓަކީ ގާތްގަނޑަކަށް ކުޑަ ޕިކަޕެއްގެ ސައިޒުގެ ސެޓެލައިޓެކެވެ. އިންޑިއާގެ އިރުދެކުނު އައްސޭރީގެ ސަތިޝް ދާވަން ސްޕޭސް ސެންޓަރުން ރާއްޖޭ ގަޑިން 6 ޖެހިއިރު އިސްރޯ ޖިއޮސިންކްރޮނަސް ސެޓެލައިޓް ލޯންޗް ވެހިކަލް ރޮކެޓެއްގައި މި ސެޓެލައިޓް ވަނީ ޖައްވަށް ފޮނުވާލާފައެވެ.

ދިގު މުއްދަތެއްގެ އިންތިޒާރަކަށްފަހު ފޮނުވާލެވުނު މި ލޯންޗަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގުޅިގެން އެޅި އެކުވެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސައިންސްވެރިން ދެކެއެވެ.

ހިއްސާ ކުރައްވާ!