އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި އިޒްރޭލުގެ ދިފާއުގައި ވަކާލާތު ކުރާ ލޯޔަރު އަދި ޔަހޫދީ ޖާސޫސީ އިދާރާގެ އެޖެންޓު، ދައްލާލް ޖެފްރީ އެޕްސްޓީންގެ ކުރީގެ ގާނޫނީ ވަކީލަށް ކާނާ ވިއްކުމަށް ދެކޮޅު ހަދައިފިއެވެ. އެލަން ޑަރޝޮވިޓްސް އަކީ ޔަހޫދީ ޒަޔަނިސްޓެކެވެ، އަދި އޭނާ އަކީ އެޕްސްޓީންއާއި ޓްރަމްޕާއި އަދި އެނޫނަސް ބޮޑެތި ކުށްވެރިންގެ ދިފާއުގައި ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރާ ވަކީލެވެ.
ސޯޝަލް މީޑިއާގައި ޑަރޝޮވިޓްސް ބުނެފައި ވަނީ، މެސެޗުސެޓްސްގެ މާތާސް ވިނިއާޑްގައި ހުންނަ މާރުކޭޓެއްގައި ކާއެއްޗެތި ވިއްކާ ގާޑިއާއަކުން އޭނާ ކާނާ ގަންނަން އުޅުމުން އެތަނުން އޭނާއަށް ކާނާ ވިއްކަން އިންކާރު ކުރި ކަމަށެވެ. އަދި އެކަމުގެ ސަބަބެއް ކަމަށް އެ ގާޑިއާ ވެރިމީހާ ބުނީ، ޑަރޝޮވިޓްސްގެ ސިޔާސީ ވިސްނުމާއި އޭނާ ދިފާއުކޮށްދޭ މީހުންނާ އެމީހާ ގަޔާނުވާތީ އޭނާއަށް ކާނާ ވިއްކަން ބޭނުން ނުވާ ކަމަށެވެ.
ޑަރޝޮވިޓްސް ބުނެފައި ވަނީ އެމައްސަލާގައި އޭނާ ޔަހޫދީއަކަށް ވީތީ ތަފާތު ކުރީ ކަމަށް ބަލައިގެން އެމީހާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި މިނޫނަސް ޔަހޫދީންނަށް ކާނާ ވިއްކުމާއި ރެސްޓޯރެންޓްގައި ސާވް ކުރުމަށް މިފަހަކަށް އައިސް ދެކޮޅު ހަދާފައި ވެއެވެ. އޭގެ އެންމެ މަޝްހޫރު މިސާލަކީ މިފަހުން ގްރީސްގެ ރެސްޓޯރެންޓަކުން ޔަހޫދީންތަކެއް ބޭރު ކުރި މައްސަލައެވެ. އަދި ސްޕެއިންގެ އައިބިރިއާއީ އެއާފްރާންސްގައިވެސް ޔަހޫދީ ޒުވާނުންތަކެއް ނުލަފާއެރުވުމުން އެމީހުން ބޯޓުން ބޭލި މައްސަލައެއްވެސް ރިޕޯޓުކޮށްފައި ވެއެވެ.






