ސޫރިޔާގެ ބައްޝާރުލް އަސަދުގެ ވެރިކަމުގައި މުފްތީއަކަށް ހުންނެވި ޝެއިޚު އަހުމަދު ބަދުރުއްދީން ހައްސޫންއާއި އެހެން އިސްވެރިންގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ސީރިއާގެ އެޓާނީ ޖެނެރަލް ގާޒީ ހަސަން އަލްތުރުބާހު އިއުލާން ކުރައްވައިފިއެވެ.
އޭނާ ވިދާޅުވީ "ސީރިއާގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަދި އިންތިގާލީ އަދުލުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ހައްގަށް އަރައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގިނަ އަދަދެއްގެ މައްސަލަތައް ދާޚިލީ ވުޒާރާއަށް ފޮނުވާފައިވާ" ކަމަށެވެ.






