ފަލަސްޠީނުގެ ދައުލަތް ބަލައި ގަންނަ ގައުމުތައް

އިނގިރޭސިންގެ ޚާރިޖީ ވަޒީރު މަލްޢޫނު ބެލްފޯރު ޔަހޫދީންނަށް ފަލަސްޠީނުގެ ބިންތައް ދިނުމަށް ނިންމި ފަހުން އިނގިރޭސިންގެ ސިޔާސަތަށް ކުއްލި ބަދަލެއް އައސްފިއެވެ. އިނގިރޭސި ބޮޑު ވަޒީރު ވަނީ ޣައްޒާގައި އޮތް ހާލަތު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިއީ ބެލްފޯރު ފަލަސްޠީނުގެ ބިން ޣަދަރުވެރި ނިންމުމެއްގައި ޔަހޫދީންނަށް ދިންތާ 107އަހަރާއި 297 ދުވަސް ފަހުން އިނގިރޭސިންގެ ސިޔާސަތަށް އައި ބަދަލެކެވެ. އިނގިރޭސިން މިހާތަނަށް ފަލަސްޠީނުގެ ދައުލަތް ރަސްމީކޮށް ބަލައި ނުގަނެ ތިބުމަށްފަހު ބުނެފައި ވަނީ އދގެ އާންމު މަޖިލީހުގައި އިނގިރޭސި ބޮޑު ވަޒީރު ތަގްރީރު ކުރައްވާއިރު ފަލަސްޠީނުގެ ދައުލަތް ބަލައި ގަންނާނެ ކަމަށެވެ.

އިނގިރޭސިންގެ ނިންމުމަށް ޔޫކޭގައި ހުންނަވާ ފަލަސްޠިނުގެ ސަފީރު ހުސާމް ސައީދު ޒަމްލަޠު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

"ބެލްފޯރުގެ އިއުލާނުގައި ބިންވަޅު ނެގިފައިވާ ދިގު މުއްދަތަކަށް ދެމިގެންދާ ތާރީޚީ އަނިޔާވެރިކަމާއި، ފަލަސްތީނުގެ ރައްޔިތުންނަށް ނިޒާމީ ގޮތެއްގައި ހައްގު ލިބުމަށް އިންކާރުކޮށް އަނިޔާވެރިވަމުން އަންނަތާ އެތައް އަހަރެއް" ވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ހޮލޮކޯސްޓްގެ ހާލަތަށް އަލިއަޅުވާލައްވަމުން، އިސްރާއީލުން "ގަސްތުގައި ގިނަ ބަޔަކު ބަނޑަށް ޖައްސައި މަރުވާން ދޫކޮށްލި" ކަމަށް އެމްބެސެޑަރު ތުހުމަތު ކުރެއްވިއެވެ. އަދި ޔަހޫދީންގެ ނަސްލު ސާފުކުރުމުގެ ހޮލޮކޯސްޓަކީ ދުނިޔެއަށް އެނގި ފެނިގެން ހިންގަމުން ގެންދާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. "ނަސްލު ސާފުކުރުމުގެ އެޖެންޑާ ޔަހޫދީން ކުރިއަށް ގެންދާއިރު، ޣައްޒާގައި 19 މަސް ދުވަހުގެ ނަސްލު ނައްތާލުމުގެ މައްސަލައިން އިސްރާއީލު ސަލާމަތް ވާނީ ކިހިނެއްތޯ؟" ވެސް ޒަމްލަޠު ސުއާލު ކުރައްވައެވެ.

އޭނާ ވިދާޅުވީ ކިތަންމެ ޒަމާނެއް ފަހުން ވިއަސް ޔަހޫދީން ފަލަސްޠީނު މީހުންގެ ހޮލޮސްކޯސްޓް ހިންގިކަން ތާރީޚުގެ ފޮތްތަކުގައި ކިޔަވައި ދޭނެ ކަމަށާއި ޔަހޫދީންނާ މި ޖަރީމާއާ ބެހޭ ގޮތުން ސުއާލު ކުރެވޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!