ހޮލޮކޯސްޓް ހިންގާ މީހުންނަށް ކާންދޭ ކުންފުނި ހެކްކޮށްފި

އިސްރާއީލުގެ ހޮލޮކޯސްޓް ހިންގާ މިނިސްޓްރީއަށް ކާނާ ސަޕްލައިކޮށްދޭ އިންޑަސްޓްރީސް ހޯލްޑިންގް ގެ ޑޭޓާބޭސް ހެކްކޮށްފިއެވެ. މި ކުންފުންޏަކީ ޣައްޒާގައި ހޮލޮކޯސްޓް ހިންގާ އިސްރާއީލުގެ ޔަހޫދީ ސިފައިންނަށް ކާބޯތަކެއްޗާއި ލޮޖިސްޓިކަލް ސަޕޯޓް ފޯރުކޮށްދޭ މައި ކުންފުންޏެވެ.

ސައިބާ އިސްނާދު ފްރޮންޓު ޖަމާއަތުން ނެރުނު ބަޔާނުގައި ވަނީ އިސްރާއީލުގެ ހޮލޮކޯސްޓަށް އެހީތެރިވާ ކުންފުނިތައް ފާހަގަކޮށް އެމީހުންގެ މަސައްކަތަށް ފާރަވެރިވެ މައުލޫމާތު ހޯދާ އިންޓެލިޖެންސް ޔުނިޓްތަކެއް މިހާރު އުފައްދާފައިވާ ކަމަށެވެ.

އެމީހުންގެ މަސައްކަތަކީ ޒަޔަނިސްޓް ހަނގުރާމަވެރި ޔަހޫދީންނަށް ތާއީދުކުރާ ހުރިހާ ކުންފުނިތަކަށާއި ފެކްޓްރީތަކަށް ވަރުގަދަ އިންޒާރެއް ދިނުން ކަމަށާއި ކުރިއަށް އޮތް އޮޕަރޭޝަންތަކުގައި މަސައްކަތް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފައި ވއެވެ.

ހިއްސާ ކުރައްވާ!