ސިއްސުވާލާފަދަ ބަޔާނެއްގައި، އިބްލީސް ވަނީ އޭނާގެ ދުނިޔޭގެ ދަތުރުގައި ޔަހޫދީ ޒަޔަނިސްޓުންގެ ގައުމަށް ޒިޔާރަތް ނުކުރާނެ ކަމަށް ބުނެފައެވެ. އެތާގައި ތިބި ޒަޔަނިސްޓުންގެ ބުނައި ނުލަފާ ކަމާ ހެދި އޭނާ އިތުރަށް ނުބައި ވެދާނެތީ އިޒްރޭލަށް ނުދާން ނިންމީ ކަމަށް ބުނެއެވެ.
އިޒްރޭލުގެ ނޫސް ޔެޑިއޮތުއާ ވާހަކަ ދައްކަމުން ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ބުނެފައި ވަނީ ޣައްޒާގައި މީހުން ބަނޑަށް ޖެހޭކަން އިޒްރޭލަށް ދުރާލައި އެނގެމުން ދިޔަ ކަމަށެވެ. ނަމަވެސް ނަތަންޔާހޫގެ ސަރުކާރު ދެމެހެއްޓުމަށާއި އަދި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރާއި ފިނޭންސް މިނިސްޓަރު ބެޒާލް ސްމޮޓްރިޗަށް ބިރުން އެންމެން ދީލައި ޣައްޒާ ބަނޑަށް ޖެހެން ދޫކޮށްލީ ކަމަށެވެ.
އަދި ޣައްޒާގައި އިންސާނީ ކާރިސާއެއް ބޮޑުވަމުން އަންނަކަން އިސްރާއީލުގެ ސަލާމަތީ މުއައްސަސާއަށް މާކުރިން އިހުސާސްވާން ފަށާފައިވާ ކަމަށް ވެސް މަސްދަރުތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.






