ސޯމާލިއާގެ ބާޣީ ސަރަހައްދު ކަމަށްވާ ސޯމާލީލޭންޑުން، އެމެރިކާއަށް އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ބިމެއް ދޭން ނިންމައިފިއެވެ. އަދި ސޯމާލިއާގެ އަގުހުރި މަޢުދަންތައް ނެގުމަށްވެސް އެމެރިކާއަށް ފުރުސަތު ދޭން ހުށަހަޅައިފިއެވެ.
ސޯމާލީލޭންޑުން ބުނަނީ އެކަމުގެ ބަދަލުގައި އެމެރިކާއިން އެދެނީ، އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ ދިނުމަށެވެ.
ސޯމާލީލޭންޑަކީ، 1991 ވަނަ އަހަރު ސޯމާލިޔާއިން ވަކިވިވެފައިވާ އަދި މިހާތަނަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަދިވެސް ބަލައިގެންފައި ނުވާ ސަރަހައްދެކެވެ.
ސޯމާލީލޭންޑްގެ ލީޑަރުންނާއި ވޮޝިންޓަންއާ ދެމެދު މިކަމުގެ މަޝްވަރާތައް ފެށިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސޯމާލީލެންޑަކީ މުހިންމު ސްޓްރެޓެޖިކް ސަރަހައްދުގައި އޮތް ތަނެކެވެ.
ބާޣީ ސޯމާލީލޭންޑްގެ ރައީސް އަބްދުއްރަޙްމާން މުޙައްމަދު އަބްދުﷲ ވިދާޅުވީ، ސޯމާލިޔާގައި ހުންނަ އެމެރިކާގެ އެމްބަސީއާއި އެމެރިކާގެ ދިފާޢީ ވުޒާރާއާ މިކަމާ ގުޅޭގޮތުން މަޝްވަރާތައް މިހާރު ދަނީ ހިނގަމުންނެވެ.
ބާޣީން ހުށަހަޅާ ކަންކަމުގައި ހިމެނެނީ:
އަސްކަރީ މަރުކަޒެއް: ރެޑްސީއަށް ވަންނަ މުއްޔާ ދިމާގައި އެމެރިކާއަށް އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ ފުރުސަތު ދިނުން.
މަޢުދަންތަކަށް ފުރުސަތު: ޓެކްނޮލޮޖީއާއި ދިފާޢީ ސިނާއަތްތަކަށް މުހިންމު، އަގުހުރި މަޢުދަންތައް ސޯމާލިއާއިން ނެގުމަށް އެމެރިކާއަށް ސަރަހައްދު ވިއްކާލުން.
އިޤްތިޞާދީ އަދި ސެކިއުރިޓީ ގުޅުން ގާއިމް ކުރުން: އިޤްތިޞާދީ އަދި ސެކިއުރިޓީ ގުޅުން ބަދަހިކުރުން.






