ފޮޓޯ އެކްސް: ޝާހިދު
ފޮޓޯ އެކްސް: ޝާހިދު

ހޮލޮކޯސްޓަށް ސަޕޯޓް ކުރާ ގައުމެއްގެ ޚާރިޖީ ވަޒީރާއެކު ޝާހިދު ސުލްހައިގެ މަޝްވަރާތަކުގައި

ދުނިޔޭގެ ކަންކަން ގޯހުން ގޯހަށްދާތީ ސުލްހައަށްޓަކއި ޝާހިދު ހަންގެރީއަށް ވަޑައިގެންފިއެވެ.

ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އިގްތިސާދީ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ސުލްހައާއި އަމާންކަން ގާއިމުކުރުމުގެ މަޝްވަރާތަކަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު، އަދި އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުالله ޝާހިދު ހަންގޭރީއަށް ވަޑައިގެންފިއެވެ. މި ދަތުރުގެ މަގްސަދަކީ ދުނިޔޭގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި ޝާހިދު ވަނީ ހަންގެރީގެ ޚާރިޖީ ވަޒީރާއި ވިޔަފާރިއާ ބެހޭ ވަޒީރު، ޕީޓާ ސިހާޓޯއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އަދި ދުނިޔޭގެ ސުލްހަ މިހާރު ކޮންމެހެން މުހިންމު ކަމަށް ދެ ބޭފުޅުންވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ. މި މަޝްވަރާތަކަކީ ދުނިޔެއަށް އަމާންކަން ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވިދާނެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަންގޭރީގެ ހާރިޖީ ވަޒީރު ސިހާޓޯއަކީ އެމަނިކުފާނުގެ ގާތް ރަޙްމަތްތެރިއެއް ކަމަށާއި، ބުޑަޕެސްޓްގައި ސިހާޓޯއާ ބައްދަލުކުރެއްވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި 2022 ވަނަ އަހަރު ސިހާޓޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގެ މަރުޙަބާ ފާހަގަ ކުރައްވައި ރާއްޖޭގެ އެންމެ ފަހުގެ ހާލަތާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތްކުރައްވާ ކަމަށް ބެލެވޭ ބޭފުޅެކެވެ. ހަންގޭރީގެ ހާރިޖީ ވަޒީރު ސިހާޓޯ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން ރާއްޖެ ވަޑައިގެންނެވި ދަތުރުގައި، ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ އަދަދު އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ. އަދި މިހާރުވެސް ދިވެހި ކުރިން ހަންގެރީގައި މަތީ ތައުލީމަށް ކިޔަވަމުން ދެއެވެ.

ހަންގެރީއަކީ އިޒްރޭލުގެ ވެރިން ހިންގާ ހޮލޮކޯސްޓާ ހެދި އެމީހުން ހައްޔަރުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ތަބާނުބެ ގޮން ޖަހާ ގައުމެކެވެ. އަދި ހަންގެރީއަކީ ސާބިތުކަމާއެކު އިޒްރޭލުގެ ޖެނޮސައިޑަށް ސަޕޯޓު ކުރާ ގައުމެއްވެސް މެއެވެ.

ހިއްސާ ކުރައްވާ!