އިސްރާއީލުގެ ބަންޑާރަ ނާއިބު ވަކިކުރުމުން ކޯޓުން އެކަން ހުއްޓުވައިފި

ހޮލޮކޯސްތްގެ މޭސްތިރި ނަތަްނޔާހޫއާއި އޭނާގެ އައުވާނުން، އިސްރާއީލުގެ ބަންޑާރަ ނާއިބު ގާލީ ބަހަރަވް-މިއާރާ ވަކިކުރުމަށް ނިންމުން، އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ވަގުތީގޮތުން އެކަން ހުއްޓުވާލާފައެވެ. މި ނިންމުން ހުއްޓުވާލީ އިދިކޮޅު ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތަކުން ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ޔަހޫދީ ވަޒީރުން އިއްތިފާގުން ފާސްކުރި މި ނިންމުން އިއުލާނުކުރަމުން، ޔަހޫދީންގެ ޖަސްޓިސް މިނިސްޓަރު ވަނީ ބަންޑާރަ ނާއިބަށް އިންޒާރުދީފައެވެ. އޭނާ ބުނީ "ޔަހޫދީންގެ ސަރުކާރުގެ އިތުބާރު ނެތުމުން އަދި އެކުގައި މަސައްކަތް ނުކުރެވޭނެ ފަރާތެއް ކަމުން މަގާމުން ވަކިކޮށްލަނީ" ކަމަށެވެ.

ބަންޑާރަ ނާއިބާއި ސަރުކާރާ ދެމެދު ޚިލާފު އުފެދިފައިވަނީ، ނަތަންޔާހޫގެ އުދުވާނީ އަމަލުތަކާއި ޔަހޫދީންގެ ހަރުކަށި ސަރުކަރުގެ ބައެއް ނިންމުންތަކުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދާތީ އެވެ.

ބަންޑާރަ ނާއިބު، ވަކިކުރުން ހުއްޓުވީ ވައްކަމާއި ރިޝްވަތާއި ޚިޔާނާތުގެ މައްސަލަތަކެއްގައި ޝަރިއަތް ކުރަމުންދާ ނެތަންޔާހޫ ވަނީ "މަސްލަހަތު ފުށުއަރާ" ހާލަތެއްގައި އުޅޭތީ ކަމަށް ބުނެފައި ވެއެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ އާ ބަންޑާރަ ނާއިބެއް އައްޔަންކުރުން ވެސް މަނާކޮށްފައެވެ. ކޯޓުން ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅޭ ޝަކުވާތައް 30 ދުވަހުގެ ތެރޭގައި ބަލާނެއެވެ.

ހިއްސާ ކުރައްވާ!