ޓެގް އަޅުވައިގެން ބަންދުން ދޫކުރުމަށް 252 މީހުން އެދިއްޖެ

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، ވާނުވާ ބަންދުގައި ތިބޭ މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ޑިވައިސް އަޅުވައިގެން ދޫކޮށްލުމަށް 252 މީހުން އެދިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއް ވަޢުދަކީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. ވާނުވާ ބަންދަކީ ތަހުގީގު މަރުހަލާގައި މުޖުތަމަޢުގެ ރައްކާތެރިކަމަށާއި، ހެކިތަކަށް އަސަރުކޮށްފާނެތީ އަދި ފިލައިގެން ހިނގައިދާނެތީ ބައްކު ކޮށްފައި ބެހެއްޓުމެކެވެ. އެހެންނަމަވެސް، ޝަރީޢަތް ލަސްވެ، ގިނަ އަހަރުތަކެއް ވަންދެން މީހުން ޖަލުގައި ބޭތިއްބުމުން މަދަނީ ޖަމުއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުގެ މުއައްސަސާތަކުން ވަނީ އިލެކްޓްރޯނިކް ޓެގް އަޅުވައިގެން މީހުން ދޫކުރަން ފަށާފައެވެ. މި ޓެގަކީ 24 ގަޑިއިރު މީހާގެ ހަރަކާތްތައް ދެނެގަނެވޭ ވަސީލަތެކެވެ. އަދި ކަނޑައެޅިފައިވާ ސަރަހައްދުން ބޭރަށް ދިއުމުން އިންޒާރު ދޭ ނިޒާމެކެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެފައިވަނީ މި ނިޒާމުގެ ދަށުން މުޖުތަމަޢަށް ނުރައްކާވެދާނެ އެއްވެސް މީހަކު ދޫކޮށްނުލާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއް ވަޢުދަކީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމެވެ.  މިހާތަނަށް ޓެގާއެކު ދޫކޮށްފައި ވަނީ 10 މީހުންނެވެ. އަދި މިމީހުްނގެ ޝަރުތު ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައި މުރާޖައާ ކުރާނެއެވެ.

ހިއްސާ ކުރައްވާ!