ޓްރަމްޕްގެ ވެރިކަން: އެމެރިކާގެ މުސާރަތައް ދަށަށްވެ އިންސާނުން ފަގީރު ވަނީ

އެމެރިކާގައި މުސާރަތައް ދަށަށް ދިއުމުގެ ސަބަބުން، ފަގީރުން އިތުރަށް ފަގީރުވެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވާން ފަށާފައިވާ ކަމަށް ބުނެއެވެ. ޓްރަމްޕް ބޭނުން ވަނީ އެމެރިކާ ސަރުކަރުން ތަފާސްހިސާބު ކައްކައިގެން އޭނާއަށް ފަހިވާ ގޮތަށް ދައްކާށެވެ. އަދި ތްރަމްޕަށް ދީލާ ނުލުމުން އޭނާ ވަނީ ތަފާސްހިސާބާ ބެހޭ އޮފީހުގެ ވެރިޔާ މަގާމުން ދުރުކޮށްފައެވެ.

ލޭބަރ ސްޓެޓިސްޓިކްސް ބިއުރޯގެ ވެރިޔާ ކުއްލިގޮތަކަށް ވަކިކުރުމާ ގުޅިގެން، ރަސްމީ އިގްތިސާދީ ތަފާސްހިސާބުތަކުގެ ހާމަކަމާއި އިތުބާރާ މެދު ކަންބޮޑުވުންތައް އިތުރުވާން ފަށައިފިއެވެ. މި ކަމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވާ އިތުރު ގޮންޖެހުމެކެވެ.

ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި، އެޓްލާންޓާގެ ފެޑެރަލް ރިޒާވް ބޭންކުން ނެރުނު ތަފާސްހިސާބުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ހަފްތާއަކު 806 ޑޮލަރަށްވުރެ ދަށުން އާމްދަނީ ލިބޭ މީހުންގެ މުސާރައިގެ ކުރިއެރުން ވަނީ ޖޫން މަހު އަހަރީ ރޭޓުން 3.7 އިންސައްތައަށް ދަށްވެފައެވެ. މިއީ 2022 ވަނަ އަހަރުގެ ފަހުކޮޅު 7.5 އިންސައްތައިގައި ހުރި ވަރަށް ވުރެން ބޮޑު ދަށްވުމެކެވެ.

މަތީ އާމްދަނީ ލިބޭ ފަރާތްތަކުގެ މެދުގައިވެސް މުސާރައިގެ ކުރިއެރުން ދަށްވެފައި ވާކަމަށް ބުނެފައި ވެއެވެ. ނަމަވެސް، އެ ދަށްވުން އައިސްފައިވަނީ މާ ބޮޑު މިންވަރަކަށެއް ނޫނެވެ. ހަފްތާއަކު 1,887 ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ  މުސާރަ އަހަރީ ގޮތުން 4.7 އިންސައްތަ އަށް އިތުރުވެފައި ވެއެވެ. މި ބަދަލުތައް އައިސްފައި ވަނީ ކޮވިޑަށް ފަހު މުސާރަތައް ރަނގަޅުވާން ފަށާާފައި ވަނިކޮށެވެ.

ހިއްސާ ކުރައްވާ!