ހުޅަނގު އައްސޭރި ހިފައި، ޔަހޫދީން ހިންގަމުންގެންދާ ހޮލޮކޯސްޓަށް ތާއީދުކޮށް އެމެރިކާގެ ކޮންގްރެސްގެ ރައީސް ހުޅަނގު އައްސޭރީގައި ވާހަކަ ދައްކައިފިއެވެ. ކޮންގްރެސްގެ ރައީސް މައިކް ޖޯންސަން ވަނީ އެމެރިކާއިން އިޒްރޭލަށް ފޮނުވާފައިވާ ޒަޔަނިސްޓް ފިކުރުގެ މައިކް ހަކަބީއާއެކު ޔަހޫދީ ހޮލޮކޯސްޓްގެ މޭސްތިރި ނަތަންޔާހޫ އާއި އޭނާގެ ބިރުވެރި އަންހެނުން ބޭއްވި ކެއުމެއްގައި ބައިވެރިވެފައެވެ. މި ކެއުން ބާއްވާފައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި ބިނާކޮށްފައިވާ ބަސްތީއެއްގައެވެ. މި ކެއުމުގައި އެމެރިކާގެ މި ދެމީހުންގެ އިތުރުން، ޖޯންސަންއާއެކު ޔަހޫދީން ގާތަށް ހިލޭ ދަތުރެއް ހޯދައިގެން ގޮސް އުޅޭ އެމެރިކާ ކޮންގްރެސްގެ އެހެން މެމްބަރުންވެސް ބައިވެރިވިއެވެ.
މިމީހުންގެ ދަތުރަކީ ހުޅަނގު އައްސޭރި ހިފުމަށް ހިތްވަރުދޭ އެމެރިކާގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޔަހޫދީ ޖަމުއިއްޔާއަކުން މިމީހުންނަށް ސިއްރުން ދިން ދަތުރެކެވެ، ހުރިހައި ޚަރަދެއް ދީފައި ވަނީ އެޖަމުއިއްޔާއިންނެވެ.
ޖޯންސަން ވަނީ ޙުޅަނގު އައްސޭރިއާއި ޣައްޒާ ހިފަން ޖެހޭނެ ކަމަށާއި އެއީ ﷲ ޔަހޫދީންނަށް ހިބަކޮށްފައިވާ ބިމެއްކަމަށް ބުނެފައެވެ.
ޒަޔަނިސްޓުގެ ފިކުރުގެ ޖޯންސަންއާއި ހަކަބީއަކީ ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ދެކޮޅު ހަދާ، ހޮލޮސްކޯޓަށާއި ޖެނޮސައިޑަށް ހިތްވަރު ދޭ ބައެކެވެ. ޖޯންސަންއާއި ބައިވެރިންނަކީ ނަތަންޔާހޫ ޣައްޒާގައި ނަސްލު ސާފުކޮށްލުމުގެ ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށްފަހު ކޮންގްރެސްއަށް ދިއުމުން އޭނާއަށް ކުރުނީސްކޮށް އަދަބު ތައުޒީމު އަދާކުރި މީހުންނެވެ.







