ޔަހޫދީންގެ އިސްތިއުމާރީ އަސްކަރީ އިދާރާއިން ވަނީ ފަލަސްޠީނުގެ މުފްތީ ޤުދުސްއިން ބޭރުކޮށް އެހެން ސިޓީއަކަށް އޭނާއަރުވާލުމަށް ހުކުމް ކޮށްފައެވެ.
ގުދުސް އާއި ފަލަސްތީނުގެ ހުރިހައި ސަރަހައްދެއްގެ އެންމެ އިސް މުފްތީ ފަޟީލަތުއްޝައިޚު މުހައްމަދު ހުސެއިން އަރުވާލަން ހުކުމް ކުރީ 6 މަސް ދުވަހަށެވެ.
އޭނާގެ ވަކީލު ޚަލްދޫން ނަޖްމާ ހަވާލާދީ ގުދުސްގެ ފަލަސްޠީނުގެ ސަރުކާރު އޮފީހުން ބުނީ ޝެއިޚް ހުސެއިން އަރުވާލަން ޙުކުމް ކުރީ މަސްޖިދުލްއަގްސާއަށް ވަނުން އޭނާއަށް މަނާކުރިތާ 8 ދުވަސް ހަމަވުމުންނެވެ.
މިއަންނަ ހުކުރުގައިވެސް މީގެ ކުރީ ހުކުރެކޭ އެއްފަދައިން ޔަހޫދީންގެ ހޮލޮކޯސްޓާއި ބަނޑަށް ޖެއްސުމާ ބެހޭ ގޮތުން މަސްޖިދުލްއަގްސާގައި ޚުޠުބާ ކިޔަން ޔަހޫދީން ބޭނުމެއް ނުވެއެވެ.






