ގައުމީ ނިއުސްއެޖެންސީ އުފެއްދުމަށްޓަކައި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ޕަބްލިކް ސާރވިސް މީޑިއާ ދެމެދު މިއަދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.
މިއީ ޚަބަރާއި މަޢުލޫމާތު ލިބިގަތުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ގައުމީ ނިއުސް އެޖެންސީ މެދުވެރިކޮށް ޚަބަރާއި މައުލޫމާތު، އަދި ފޮޓޯ އާއި ވީޑިއޯ ލިބިގެންދާނެ ޚިދުމަތެކެވެ. 





