ބޮޑު ތަދު ލައިގަނެފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

ޓްރަމްޕް ކުރިއަށް ގެންދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއަށް ޝަރުއީ ނިޒާމުން ވަދެއްޖެނަމަ އެމެރެކާއަށް ބޮޑު ތަދު އަލުން ކުރިމަތި ވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ދެއްވައިފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ އޭނާ ގައުމުތަކާ ދެކޮޅަށް އަޅުއްވާ ޓެރިފް ސިޔާސަތުތަކުގެ ސަބަބުން ހިއްސާގެ ބާޒާރުގައި އާދަޔާ ޚިލާފް މިންވަރަކަށް ހިއްސާގެ އަގުތައް އުފުލި މާލީ ފައިދާތައް ވަމުންދާ ކަމަށެވެ.

އަދި އެފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ ޚަޒާނާއަށް "އެތައް ސަތޭކަ ބިލިއަން ޑޮލަރު" އިތުރު ވަމުންދާ ކަމަށާއި އޭނާގެ އެ ފިޔަވަޅުތަކާ ދެކޮޅަށް ކޯޓުން ކުރާ ހުކުމަކުން އެމެރިކާ އަލުން "1929 އާ އެއްފަދަ ބޮޑު ތަދަކާ ކުރިމަތިލާން ޖެހިދާނެ" ކަމަށެވެ.

އޭނާގެ މީސްމީޑިއާ ޓްރުތު ސޯޝަލްގައި ދިގު ހާސަރެއް ދެމުމަށްފަހު ބުނެފައި ވަނީ ޓެރިފްތަކުގެ ސަބަބުން އިގްތިސާދަށް "ބޮޑު ހެޔޮ އަސަރެއް" ކުރަމުންދާ ކަމަށެވެ.

ޓްރަމްޕަކީ ހަގީގަތް އޮޅުވާލުމަށް މަޝްހޫރު މީހެކެވެ. އެހެންވެ އޭނާ ދައްކާ ވާހައިގެ ތެދު ދޮގު އެނގެން އުދަގުލެވެ. އެންމެ ފަހުންވެސް އޭނާ ވަނީ ބޭނުންވާ ގޮތަށް ތަސްފާސްހިސާބު ތައްޔާރު ކޮށްނު ދީގެނެއް އެމެރިކާގެ ތަފާސްހިސާބާ ބެހޭ އޮފީހުގެ ވެރިމީހާ މަގާމުން ވަކިކޮށްފައެވެ.

ހިއްސާ ކުރައްވާ!