ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި އިޒްރޭލުން ދަނީ ހޮލޮކޯސްޓް ހިންގަމުންނެވެ. ނަމަވެސް ގިނަ ފަލަސްތީނު ރައްޔިތުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދިއުމަށް އިންކާރު ކޮށްފައެވެ. އެމީހުން ދެކޭ ގޮތުގައި މިއީ ހަމާސް ގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތެކެވެ.
ޣައްޒާގެ ރައްޔިތުން ދަނީ އާއިލާގެ މެންބަރުން ގެއްލި، ނިކަމެތި ހާލަތެއްގައި ދުވަސްތައް ހޭދަކުރަމުންނެވެ. ނަމަވެސް އެމީހުންގެ ބިމާއި ގެދޮރު ދޫކޮށްލުމަށް ބޭނުމެއް ނުވެއެވެ. "އަހަރެމެން މިތިބީ ދިރިތިބި މަރުވެފައިވާ ބައެއްގެ ގޮތުގައި" މިހެން ބުނެ ޣައްޒާގެ އެއް ރައްޔިތަކު ވަނީ އެމީހުންގެ އުދާސްތައް ކިޔައިދީފައެވެ.
އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާއި މެދު އަމަލު ކުރަމުންދާ ގޮތާއި ހޮލޮކޯސްޓް ހިންގުމާ މެދު ބައިނަލްއަޤްވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.
ޖަރުމަނުވިލާތުން ވަނީ އިޒްރޭލަށް ހަނގުރމައިގެ ޖަރީމާތައް ހިންގަން ދެމުން ދިޔަ ހަތިޔާރު އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. މީގެ ތެރޭގައި ޣައްޒާގައި ހޮލޮކޯސްޓަށް ބޭނުން ކުރެވިދާނެ ހަތިޔާރުތައް ވެސް ހިމެނެއެވެ. މިއީ އިޒްރޭލުގެ އަމަލުތަކާއި މެދު ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތައް ވަނީ ވަރަށް ބޮޑުވެފައެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ އިންސާނީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އަރަބިން ތިބީ ކައިގެންނެވެ. ނަމަވެސް ޣައްޒާ މީހުން ތިބީ ބަނޑަށެވެ.






