އިޒްރޭލު ސިފައިން ގެންގުޅޭ ހަރުކަށި ފިޔަވަޅުތަކާ އެކުވެސް، ހިފފައިވާ ޤުދުސްގެ މަސްޖިދުލްއަޤްޞާގައި 40 ހާސް ފަލަސްތީނު މީހުން ހުކުރު ނަމާދު ކޮށް ޒަޔަނިސްޓުންނަށް ބަދު ދުއާކޮށްފިއެވެ.
ޤުދުސްގެ އައުޤާފް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހިފާފައިވާ ފަލަސްޠީނުގެ ހިފާފައިވާ ވެރިރަށުގެ މަގުތަކާއި، ބައިތުލް މަގްދިސްގެ ހަރިއްމައިގައި އިޒްރޭލު ސިފައިން އެޅި ހުރަސްތަކާ އެކުވެސް، މިއަދު މަސްޖިދުލް އަޤްޞާގައި ގާތްގަނޑަކަށް 40،000 މީހުން ހުކުރު ނަމާދު ކޮށްފައިވެއެވެ.
އިޒްރޭލު ސިފައިން ވަނީ މަސްޖިދުލް އަޤްޞާއަށް ވަންނަން އުޅުނު މީހުންނަށް ހުރަސްއަޅައި، އެމީހުންގެ އައިޑީ ކާޑުތައް ޗެކްކޮށް، އަދި ބައެއް ޒުވާނުން ހުއްޓުވައި، މިސްކިތަށް ވަނުން މަނާކޮށް އަނެއް ބަޔަކަށް އުދަގޫކޮށް ހަދާފައެވެ.
ހުކުރު ދުވަސްތަކުގައި މަސްޖިދުލް އަޤްޞާއަށް ވަންނަ މީހުންނާމެދު ޔަހޫދީ ސިފައިން ޚާއްޞަކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގެންދެއެވެ. މިކަމުގެ ސަބަބުން ގިނަ މީހުންނަށް މިސްކިތަށް ވަދެ އަޅުކަން ކުރުމަށް ދަތިތަކާ ކުރިމަތިވަމުންދެއެވެ.






