ކުޑަރަށް ރިސޯޓުގެ ވޯޓަ ވިލާއެއްގައި އަލިފާން ރޯވެއްޖެ

އދ. އަތޮޅުގައި ހިންގާ ކުޑަރަށް ރިސޯޓުގެ ވޯޓަ ވިލާއެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ. މި ހާދިސާ ހިނގިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:50 ހާއިރުއެވެ. އަދި އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ޓީމެއް ވަނީ މާލެއިން 11:05 ގައި އެ ރިސޯޓަށް ފުރާފައެވެ.

އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުން، އަލިފާން ނިއްވުމުގެ މަސައްކަތް ރިސޯޓުގެ ފަޔަ ޓީމުން ވަނީ ފަށާފައެވެ. އަދި އެމްއެންޑީއެފްގެ ޓީމު ރަށާ ހަމައަށް ދިއުމުން އިތުރު މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަން އަދި އެނގިފައެއް ނުވެއެވެ. އަދި އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު ވެސް މި ވަގުތު ސާފުވެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!