ނޭޕާލް ހަމަނުޖެހުމާ ގުޅިގެން ފަރުވާތެރިވުމަށް އިލްތިމާސްކޮށްފި

ނޭޕާލްގައި އިތުރުވަމުންދާ ހަމަނުޖެހުމުގެ ހާލަތާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ޚާއްސަ އިރުޝާދުތަކެއް ދީ ނޭޕާލް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ފަރުވާތެރިވުމަށް އެދިފައެވެ. މި އިރުޝާދު ނެރެފައިވަނީ ޒުވާނުންގެ މެދުގައި ފެށުނު ޖެން ޒީ މުޒާހަރާތައް ހޫނުވުމާ ގުޅިގެން ގުޅިގެން 20 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވުމާ ގުޅިގެންނެވެ.

މި އިހުތިޖާޖުތައް ފެށިގެން އައީ ނޭޕާލް ސަރުކާރުން ފޭސްބުކް، އިންސްޓަގްރާމް، ވޮޓްސްއެޕް އަދި ޔޫޓިއުބް ފަދަ 26 މީސްމީޑިއާގެ މަންސަތައް ބޭނުންކުރުން މަނާކުރުމާ ގުޅިގެން ނެވެ. ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ސްކޫލް ޔުނިފޯމްގައި ސަރުކާރުގެ ސެންސަރުޝިޕާއި ކޮރަޕްޝަނާ ދެކޮޅަށް ނިކުމެ، އެތައް ސިޓީއެއްގައި މުޒާހަރާ ކޮށްފައެވެ.

މުޒާހަރާކުރި ފަރާތްތަކާއި ފުލުހުންނާ ދެމެދު ކުރިމަތިލުމާ ގުޅިގެން ނޭޕާލް ސިފައިން ނުކުމެ، ބޮޑެތި ސިޓީތަކުގައި ކާފިއު އިއުލާންކުރުމުން ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ.

ހިއްސާ ކުރައްވާ!