ނޭޕާލުން މީސްމީޑިއާ ކޮންޓްރޯލު ކުރަން ނިންމުމުން އިންގިލާބީ ބަދަލެއް ގެނަސްދިނީ މީސްމީޑިއާގެ މަންސައެއް ކަމަށްވާ އިޖުތިމާއީ ޕްލެޓްފޯމް ޑިސްކޯޑް މެދުވެރިކޮށެވެ.
ސަރުކާރުގެ ކޮރަޕްޝަން މަތި ޖެހުމަށް މީސްމީޑިއާ ކޯންޓްރޯލު ކުރަން ދިމާކުރުމުން އުފެދުނު މުޒާހަރާތައް މުޅި ގައުމުގައި ފެތުރިގެން ދިޔައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ކާފިއުތަކަށް ފަރުވާލެއް ނުބަހައްޓައި، ސަރުކާރުގެ އިމާރާތްތަކަށް ވަދެ، ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ފަދަ ސިޔާސީ ބޭފުޅުންގެ ގެތަކުގައި ހުޅުޖަހާފަ އެވެ.
“ހާމީ ނޭޕާލް” އާއި “ޔޫތުސް އެގޭންސްޓް ކޮރަޕްޝަން” ފަދަ ޑިސްކޯޑް ސާވަރތަކަކީ ޑިޖިޓަލް ކޮމާންޑް ސެންޓަރުތަކެއްގެ ގޮތުގައި ހަރަކާތް ކުރި މަރުކަޒުތަކެވެ. އެތަންތަނުން މުޒާހަރާތައް ކޯޑިނޭޓްކޮށް، އަލިފާން ރޯކުރުމަށް މެސެޖުތައް ފަތުރަމުން ދިޔައެވެ. އަނިޔާވެރިކަމަށް ގޮވާލުންތައް ފުޅާދާއިރާއެއްގައި ދިޔައީ އާންމު ވަމުންނެވެ. ބައެއް ޔޫޒަރުން ވަނީ ވަޒީރުންނާއި ސިޔާސީ ބޭފުޅުންނާއި އެމީހުންގެ އާއިލާތަކަށް ވެސް ހަމަލާ ދިނުމަށް ވެސް އިލްތިމާސްކޮށް ހަދާފައެވެ.
އެންމެ ބޮޑު މީޑިއާ ކުންފުނި ކާންތިޕޫރުގެ ޓީވީ އޮފީހާއި ކުރީގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަހަލްގެ ގޭގައި ވެސް އަލިފާން ރޯކޮށްލި އެވެ.
މީސްމީޑިއާ މަނާ ކުރުމުން ގައުމުގައި ހުޅު ރޯކޮލުމަށް ވަސީލަތަކަށް ވީވެސް މީސްމީޑިއާއެވެ.



