ވައިޓް ހައުސް ކައިރީގައި ހުންނަ ކަޑައެއް ކަމަށްވާ ޖޯސް ސީފުޑް، ޕްރައިމް ސްޓޭކް އެންޑް ސްޓޯން ކްރެބްގައި ކެބިނެޓްގެ މެމްބަރުންނާ އެކު ޓްރަމްޕް ކާން އިންދައި ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުން އޭނާ ރުޅިއަރުވާލައި ބަނޑު ކައްކުވާލައިފިއެވެ.
ފަލަސްތީނުގެ ދިދަތައް ހިފައިގެން މަދު އަދަދެއްގެ ބަޔަކު އެތަނަށް އެއްވެ އޭނާގެ ޔަހޫދީ ކަމާ ދެކޮޅަށް އަދު ގަދަކޮށް މުޒާހަރާ ކުރަން ހެދުމުން ޓްރަމްޕު ރުޅިގަދަވެ ވާހަކަ މެދު ކަނޑާލަން ޖެހުނެވެ.
މުޒާހަރާ ކުރި މީހުންނަކީ އެކްޓިވިސްޓް ގްރޫޕް ކޯޑްޕިންކް ގެ މީހުންނެވެ. އޮންލައިންކޮށް ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި މީހުން ގޮވަމުން ދިޔައީ "ފްރީ ޑީސީ! ފްރީ ފަލަސްތީން! ޓްރަމްޕަކީ އަހަރެމެންގެ ޒަމާނުގެ ހިޓްލަރ!" މިފަދައިންނެވެ.



