ދެ އަހަރު ތެރޭގައި ފްރާންސުން އައްޔަން ކުރާ ފަސް ވަނަ ބޮޑުވަޒީރު ކަމަށް ރައީސް އިމަނުއެލް މެކްރޮން ހޮވި ސެބަސްޓިއަން ލެކޯނޫ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު އާންމު ދިޔައީ ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރަމުންނެވެ.
ލެކޯނޫ ކުރިން ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގައެވެ. އެނާގެ ކުރިން ހުންނެވި ކަން ކުރެއްވި ކުރީގެ ބޮޑުވަޒީރު ފްރާންސޯ ބައިރޫ މަގާމުން ދުރުކުރީ ދައުލަތުގެ ދަރަނި ކުޑަ ކުރަން އުޅެގެންނެވެ.
ފްރާންސްގެ އާ ބޮޑުވަޒީރު ވަނީ މާޒީގެ ކަންކަމުން ދުރުވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ލެކޯނޫ ވިދާޅުވީ އޭނާގެ ސިޔާސަތު ހާމަކުރެއްވުމަށް "ކުރިއަށް އޮތް ދުވަސްތަކުގައި" ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.
ހަރުކަށި ވާތުފިޔައިގެ "ފްރާންސުން ކުރުނީސް ނުކުރާނެ!" (އެލްއެފްއައި) ޕާޓީން މިހާރު ވެސް ވަނީ ލެކޯނޫގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕާލަމެންޓަށް ވައްދާނެ ކަމަށް ބުނެފައެވެ. މިވަގުތު އެކަމަށް އެހެން ޕާޓީތަކުގެ އެއްވެސް ތާއީދެއް ލިބިފައެއް ނުވެއެވެ.
ރައީސް އިމަނުއެލް މެކްރޮންއާ ދެކޮޅަށް މުޅި ފްރާންސްގައި މަގުމަތީގައި މުޒާހަރާތައް ވަނީ ފެށިފައެވެ. އެކަމުގެ ސަބަބުން ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައި 300 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މުޒާހަރާތަކުން ދަތުރުފަތުރާއި ސްކޫލްތަކާއި އެހެނިހެން ހިދުމަތްތަކަށް ބުރޫ އަރާފައިވެ އެވެ.
ފްރާންސުން ވަނީ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމަށް މުޅި ގައުމުގައި 80،000 ފުލުހުން ރުކުރުވާލާފައެވެ. އިންޓީރިއާ މިނިސްޓަރު ބްރޫނޯ ރެޓައިލޯ ވަނީ އަނިޔާވެރިކަމަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވެ މުޒާހަރާގެ ބައިވެރިންނަށް އިންޒާރު ދެއްވާފަ އެވެ.










