ސޫރިޔާގެ އާންމު އިންތިޚާބަށް ޔަހޫދީއަކު ކުރިމަތި ލައިފި

ސޫރިޔާގައި އާންމު އިންތިޚާބު އިއުލާން ކުރުމާއެކު ޔަހޫދީއަކު ކެންޑިޑޭޓެއްްގެ ގޮތުގައި ކލުރިމަތި ލައިފިއެވެ. ކެންޑިޑޭޓް ހެންރީ ހަމްރާ ޕޯސްޓަރުތައް ދިމިޝްޤްގެ ޔަހޫދީ އަވަށުގައި ހިއްޕާފައި ވެއެވެ. އޭނާއަކީ އެމެރިކާގެ ރަށްވެއްސެކެވެ.

ހެންރީ ހަމްރާ އަކީ، 1990 ގެ އަހަރުތަކުގައި ސީރިއާ ދޫކޮށް ދިޔަ އެންމެ ފަހު ޔަހޫދީ ފާދިރީގެ ދަރިއެކެވެ. މިއީ ސުޜީޔާގެ އިންތިޚާބުގައި ގާތްގަނޑަކަށް 70 އަހަރު ފަހުން ވާދަ ކުރާ ފުރަތަމަ ޔަހޫދީ ކެންޑިޑޭޓެވެ.

ސޫރިޔާގެ އިންތިގާލީ ކަމާބެހޭ ފަރާތްތަކުން އަންނަނީ ގާނޫނު ހަދާ ފުރަތަމަ މަޖިލިސް އެކުލަވާލުމަށް ތައްޔާރުވަމުންނެވެ. ހެންރީ ހަމްރާގެ ކެންޑިޑެސީއަކީ ޔަހޫދީ މުޖުތަމައަށް ސޫރިޔާގައި ފުރުސަތު ލިބުމަށް އެޅިގެންދާ ފުރަތަމަ ތާރީޚީ ފިޔަވަޅު ކަމަށް ބުނެފައި ވެއެވެ.

މިދިޔަ ފެބްރުއަރީ މަހު 47 އަހަރުގެ ހަމްރާ ވަނީ، އޭނާގެ ބައްޕައާއެކު ދިމިޝްގަށް ޒިޔާރަތް ކޮށްފައެވެ. މިއީ މަޢުޒޫލު ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރި ފަހުން ސީރިއާގެ ޔަހޫދީން ފުރަތަމަ ފަހަރަށް ގައުމަށް ދިޔަ ދަތުރެވެ.

އެންމެ ފަހުން ޔަހޫދީއަކު ސޫރިޔާގެ ޕާލަމެންޓްގައި މެމްބަރުކަން ކޮށްފައި ވަނީ 1947 ގައެވެ.

ސޫރިޔާގެ ގާނޫނު ހަދާ މަޖިލީހުގެ 210 ގޮނޑިއަށް ވާދަކުރާ 1،578 ކެންޑިޑޭޓުންގެ ލިސްޓު ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން %14 އަކީ އަންހެނުންނެވެ. އަދި މަޖިލީހުގައި ތިބޭ 3 ބައިކުޅަ އެއްބައި މީހުންނަކީ ޝައިޚު ޖައުލާނީ ރައީސް އައްޔަން ކުރައްވާ މެމްބަރުންނެވެ.

ހިއްސާ ކުރައްވާ!