އިސްލާމޯފޯބިއާ: އޮސްޓްރޭލިއާގައި މުސްލިމުންނާ ދެކޮޅު ހާދިސާތައް އިތުރު ވެއްޖެ

ޔަހޫދީ ޒަޔަނިސްޓުން ފަށާފައިޥާ ހޮލޮކޯސްޓަށް ދެ އަހަރު ވާއިރު އޮސްޓްރޭލިއާގައި މުސްލިމުންނާ ދެކޮޅު އިސްލާމޯފޯބިއާގެ ހާދިސާތައް ކުރިން ނުފެންނަ މިންވަރަށް އިތުރުވެފައިވާ ކަމަށް އިސްލާމޯފޯބިއާއާ ދެކޮޅަށް މަސައްކަތްކުރާ އެގައުމުގެ ހާއްސަ މަންދޫބު ވިދާޅުވެއެވެ. އަފްތާބް މާލިކް އެކލަވާލެއްވި ރިޕޯޓެއްގައި ވިދާޅުވަނީ އިސްލާމޯފޯބިއާގެ އަމަލުތައް އިތުރު ވެފައިވުމާއެކު 54 ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ލަފާ ދެއްވާ ކަމަށެވެ.

އާފްތާބް މާލިކް އެކުލަވާލެއްވި އިސްލާމޯފޯބިއާ ބެހޭ ރިޕޯޓްގައި ހިމެނޭ ހޯދުންތަކުން ދައްކާ ގޮތުން 2023 ވަނަ އަހަރު ފެށި ހޮލޮކޯސްޓްގެ ފަހުން ވަކި ވަކި ފަރުދުންނަށް ދިމާވެފައިވާ އިސްލާމޯފޯބިކް ހާދިސާތައް  150 އިންސައްތައަށް އަދި އޮންލައިން ހާދިސާތައް 250 އިންސައްތައަށް އިތުރު ވެފައި ވެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ އޭނާގެ ސަރުކާރުން އެ ލަފާތަކާމެދު ފަރުވާތެރިކަމާއެކު ވިސްނާނެ ކަމަށެވެ.

އިސްލާމޯފޯބިއާގެ މަންދޫބުގެ މަގާމަކީ 3 އަހަރު ދުވަހުގެ މުއްދަތަށް އޮކްޓޯބަރު މަހު އަލަށް އުފެއްދި މަގާމެކެވެ.

"އަޅުގަނޑުމެންނަށް ފެނިފައި ވަނީ މުސްލިމް އަންހެނުންނާއި ކުޑަކުދިންނަށް އާންމުކޮށް ކުރާ އަނިޔާތަކާއި، ތަންތާނގައި މުސްލިމުންނާ ދެކޮޅަށް ލިޔާ ގްރެފިޓީތަކާއި، ދޭ ހަމަލާތައް އިތުރު ވެފައިވާ ތަން" އާފްތާބް މާލިކް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަންކަން ދިމާވަނީ އެމީހުން ކުރި ކަންތައްތަކުގެ ސަބަބުން ނެއް ނޫނެވެ. ނަމަވެސް، އެމީހުންނަކީ ވަކި ބަޔަކަށްވާތީ އަދި އެމީހުން ލައިގެން އުޅޭ ހެދުމުގެ ސަބަބުން ކަމަށެވެ.

ހިއްސާ ކުރައްވާ!