ނަސާރާއިންގެ އިސް ފާދިރީ ލިޔޯން 14 އަށް ބަޔަކު މީހުން ހަދިޔާ ކުރި ނަސްރާނީ ސައިކަލެއް ނީލަމުގައި ވިއްކާލައިފިއެވެ. ބީއެމްޑަބްލިޔޫ މަރުކާގެ މިސައިކަލަކީ ނަސްރާނީ ބައްޓަމަށް ސައިކަލު އުފެއްދުމަށް ބާރުއަޅާ ޖަމާއަތެއްގެ ބަޔަކު އުފެއްދުމަށްފަހު މިދިޔަ މަހު އިސް ފާދިރީއަށް ހަދިޔާ ކުރި ސައިކަލެކެވެ. އެ ސައިކަލު ވަނީ ޖަރުމަނުން 3 ދުވަހުގެ ދަތުރަކަށް ފަހު މިދިޔަ މަހު އޭނާއަށް ހަދިޔާކޮށްފައެވެ،. އިސްފާދިރީ ވަނީ އެ ސައިކަލުގެ ސައިލެންސަރުގައި އޭނާގެ ސޮއި ޖެހުމަށްފަހު ނީލަން ކިޔަން ފޮނުވާލާފައެވެ. ނީލަމުގައި މިސައިކަލު ވިކިފައި ވަނީ 1 ލައްކަ 56 ހާސް ޔޫރޯއަށެވެ. އަދި އެ ފައިސާ މަޑަގަސްކަރުގެ ފަގީރުންގެ ބޭސްފަރުވާއަށް ހަދިޔާ ކުރުމަށް ފާދިރީ ވަނީ ނިންމާފައެވެ.
މީގެ ކުރިން އިސް ފާދިރީ ވަނީ ކުރީގެ އިސް ފާދިރީ ދުއްވި އުޅަނދުވެސް ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައިގައި އަނިޔާވާ މީހުންނަށް އެމްބއިުލާންސެއްގެ ގޮތުގައި ބޭނުން ކުރުމަށް ހަދިޔާކޮށްފައެވެ.





