ނެދަރލެންދްސްއިން ސަލާމަތީ ފިޔަވަޅަކާއެކު ޗައިނާއިން ވެސް ބަދަލު ހިފުމަށް ފިޔަވަޅު އަޅައިފިއެވެ. ނެދަލޭންޑްސްގެ ސެމިކޮންޑަކްޓަރ އުފައްދާ ކުންފުނި ނެކްސްޕީރިއާ އަކީ ޗައިނާގެ މެނޭޖުމެންޓަކުން ހިންގާ ކުންފުންޏެކެވެ. އެކުންފުނީގެ މަސައްކަތްތައް ނެދަލޭންޑްސްއިން ހުއްޓުވުމާ ގުޅިގެން، ޗައިނާއިން ވަނީ އެ ކުންފުންޏަށް އެކްސްޕޯޓް ރެސްޓްރިކްޝަންތަކެއް ޗައިނާގައި ތަންފީޒުކޮށްފައެވެ. މި ކުންފުންޏަކީ ސެމީކޮންޑަކްޓާ އުފައްދާ ކުންފުންނެއް ކަމުން މިއީ ސްޓްރެޓެޖިކް ޓެކްނޮލޮޖީ ކުންފުނީގެ ކުންފުންޏެއްގެ ގޮތުގައި ބެލެވޭ ހައްސާސް ކުންފުންޏެކެވެ. އަދި ޗައިނާއިން ބުނަނީ މިއީ ކޮންޓްރޯލް ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަޅާފައިވާ އިތުރު ފިޔަވަޅެއް ކަމަށެވެ.
ނެކްސްޕީރިއާ ހިންގަނީ، ނެދަލޭންޑްސްގައި މައި އޮފީސް ހަދާފައިވާ، ޗައިނާގެ ވިންގްޓެކް ޓެކްނޮލޮޖީ އިންނެވެ. ނެދަރލެންޑްސްއިން އެޅި ފިޔަވަޅަށް ބަދަލު ހިފުމުގެ ގޮތުން ޗައިނާއިން ވަނީ އޮކްޓޯބަރ 4 އިން ފެށިގެން ޗައިނާގައި ހުރި އެ ކުންފުނީގެ ސަބްސިޑިއަރީތަކާއި ޑިސްޓްރިބިއުޓަރުންނަށް ވަކި ބާވަތްތަކެއްގެ ބައިތަކާއި އުފެއްދުންތައް އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. އަދި އެ ވާހަކަ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން ވަނީ އާންމުކޮށް އަންގައި އިއުލާން ކޮށްފައެވެ.
މި ރެސްޓްރިކްޝަންތަކުން އިސްތިސްނާ ހޯދުމަށް ޗައިނާގެ އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ނެކްސްޕީރިއާއިން ބުނެފައިވެއެވެ. ޗައިނާގެ މި ފިޔަވަޅާއެކު ޔޫރަޕްގައި ކާރު އުފައްދާ ކުންފުނިތަކަށް އަސަރުކޮށް އުފެއްދުންތައް މަޑު ޖައްސާލަން ޖެހިފައި ވެއެވެ.






