ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޒަހްރާން މަމްދާނީ ވަނީ އޭނާގެ ދީންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. ހުކުރު ދުވަހު ބްރޮންކްސްގެ މިސްކިތެއްގެ ބޭރުގައި ވާހަކަ ދައްކަވަމުން މަމްދާނީ ވަނީ އޭނާގެ އިދިކޮޅު ފަރާތްތަކުން ގެންގުޅޭ އިސްލާމޯފޯބިއާގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ފަރާތްތަކުން ނަފްރަތު އުފެއްދުމުގެ ވާހަކަތައް އެންމެ ކުރިއަށް ނެރެގެން އުޅޭކަމަށް ވިދާޅުވެ އޭނާ ވަނީ އެފަރާތްތަކުގެ ވާހަކަތައް ކުށްވެރިކޮށްފައެވެ.
މަމްދާނީ ވިދާޅުވީ އޭނާއާ އިދިކޮޅު ފަރާތްތަކުގެ "ނަސްލީ ތަފާތުކުރުމަކީ، އަސާސެއް ނެތް ހަމަލާތަކެއް" ކަމަށެވެ.
ނިއުޔޯކުގެ މޭޔަރު ކަމުގެ އިންތިޚާބަށް ވޯޓު ލުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. މިއިންތިޚާބުގައި އަދި އެންމެ ކުރީގައި އުޅޭ ކަމަށް ދައްކަނީ މަމްދާނީއެވެ.
އިސްލާމޯފޯބިއާގެ އަމަލުތައް ދުނިޔޭގެ ކަންކޮޅުތަކުގައި ދަނީ އިތުރު ވަމުންނެވެ. މިބަލި އެންމެ ބޮޑަށް އާލާވަމުން ދަނި އަރަބި މުއްސަނދި ގައުމުތަކުން ވިޔަފާރި ގުޅުންތައް އުފައްދާފައިވާ ވިޔަފާރި ބައިވެރިންގެ މެދުގައެވެ. މި ޒަމާނަކީ ދުވަހަކުވެސް އިންސާނީ ތާރީޚު ނުދެކޭ މިންވަރަށް އިސްލާމީ އުންމަތް ތިޔާގިވެ މުއްސަނދި ވެފައިވާ ޒަމާނެކެވެ. އަދި މިއީ އިންސާނީ ތާރީޚުގައި މުސްލިމުން އެންމެ ބޮޑަށް ބިކަވެ ނިކަމެތި ވެފައިވާ ޒަމާނެވެ.
މަމްދާނީ ހޮވިއްޖެނަމަ އޭނާ ވާނީ އެމެރިކާގެ އެންމެ މުހިންމު ސިޓީއަށް ހޮވުނު ފުރަތަމަ މުސްލިމު މޭޔަރަށެވެ. އަދި 100 އަހަރުގެ ތެރޭގައި އެ މަގާމަށް އިސްވާ އެންމެ ޒުވާން މޭޔަރަށެވެ.






