ދިވެހިން ޅޮސް އުނދޯންޏަށް ލި ފީފާގެ ރައީސް ސައޫދީ އަރަބްގައި

ޖެނޮސައިޑް ހިންގާ ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަސް ޖެހިފައިޥާ ފީފާގެ ރައީސް އިންފެންޓީނޯ ރާއްޖޭގައި ދިވެހިން ޅޮސް އުނދޯންޏަށް ލުމަށްފަހު މިހާރު ސައޫދީ އަރަބްއަށް ގޮސް އެ ދައުލަތުގެ ވަލީ އަހުދު ބިން ސަލްމާންއާ ބައްދަލު ކޮށްފިއެވެ. މި އިންފެންޓީނޯއަކީ ޔުކްރެއިންގައި ހުޅަނގުން ފެށި ޕްރޮކްސީ ހަނގުރާމައަށް ރަޝިޔާއިން ދިން ރައްދު ހަމަލަތަކަށްފަހު އަވަސްއަވަހަށް ރަޝިޔާ ފީފާއިން ސަސްޕެންޑު ކުރި މީހާއެވެ.

ލައްކައާ ގާތް ކުރާ ފަލަސްޠީނުގެ މުސްލިމުންގެ ގަތުލުއާންމު ހިންގި ޖެނޮސައިޑް ދައުލަތް ސަސްޕެންޑުކުރުމަށް އެދުމުން އޭނާ ވަނީ އެކަން ކުރަން ފަސްޖެހިފައެވެ.

ސައްތައިންސައްތަ މުސްލިމު ދިވެހި ރާއްޖެއިން ވަނީ އިންފެންޓީނޯއަށް ބާރަށް އަތްޖަހައިފައެވެ!

ހިއްސާ ކުރައްވާ!