ޖޭޑީ ވެންސްގެ އަންހެނުން ހިންދީ ދީން ދޫކޮށްލަން މަޖުބޫރު ކުރަނީ

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، އޭނާގެ ހިންދީ އަނބިކަނބަލުން އޫޝާ ވެންސް، ކްރިސްޓިއަން ދީނަށް ވަނުމަށް މަޖުބުރު ކުރާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ. އިންޑިއާގެ މީޑިއާއިން ބުނެފައި ވަނީ އިންޑިއާގެ މަސްއޫލުވެރިއަކު އޭނާގެ އަންހެނުންގެ ނަސާރާ ދީން ބަދަލު ކުރުމަށް ފިއްތައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

މި ކަން ވާނީ އިންޑިއާއަށް މަޖާ ކަމަކަށެވެ. އިންޑިއާގެ ބީޖޭޕީ ވެރިކަމަށް އައި ފަހުން މުސްލިމުން އެހެން މީހުންގެ ދީން ބަދަލު ކުރުމަށް ބާރުއަޅާ ކަމަށް ޕްރޮޕެގެންޑާކޮށް މުސްލިމުން ނުބައި މީސްކޮށްފައި ވެއެވެ. އަދި މުސްލިމުން އަންހެން ކުދިން ލަވް ޖިހާދޭ ކަމަށް ބުނެ އޭ ކަމަށްވެސް ބުނެއެވެ. ބީޖޭލީން ވަނީ ދައުވާގެ މަސައްކަތާއި ތަބްލ؛ީޣާ ދެކޮޅަށް ގާނޫސް ފާށްކޮށްފައެވެ. އަދި އިސްލާމް ދީނަށް ގޮވާލައި ހެދުމަކީވެސް މިހާރު ގާނޫނުން މަނާ ކަމެކެވެ.

އިންޑިއާގައި އަހަރު 30 ހާސް މީހުން ހިންދީ ދީން ދޫކޮށް އިސްލާމް ދީނަށް ވަދެއެވެ. އަދި ހިންދީ ދީނަށް އަހަރަކު 3 ހާހެއްހައި މީހުން ވަދެއެވެ.

އެމެރިކާގެ ހައްދުފަހަނައަޅާފައިޥާ ދޮން މީހުންގެ ޖަމާއަތެއް ކަމަށްވާ ޓާނިން ޕޮއިންޓް ޔޫއެސްއޭގެ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ވެންސް ވަނީ އޭނާގެ އަންހެނުން ދީން ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ވެންސްގެ މިކަމުން ގިނަބަޔަކު ދެކެނީ މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން ނަސާރާއިންގެ ދޮން ހަރުކަށި މީހުންގެ ތާއީދު ހޯދުމަށް ވެންސް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. މިކަމާ ގުޅިގެން އެމރިކާގެ އިންޑިއާ ދަރިކޮޅުގެ މީހުންނާއި އަދި ދީނީ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔުން ވެންސަށް އަމާޒުވެއެވެ. އިންޑިއާގެ ކުރީގެ ޑިޕްލޮމެޓް ކަންވަލް ސިބަލް ގެ ވާހަކައިގައި ވެންސްއަށް ތުހުމަތުކުރެއްވީ އޭނާގެ އަނބިކަނބަލުންގެ ހިންދީ ދީނުގެ އަސްލު ޤަބޫލުކުރާތީ ވެންސް ބިރުގަންނަނީ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާގެ އެގްޒެކެޓިވް ދީޕް ބާރޮޓް ވަނީ ވެންސްއަކީ މުނާފިގެއް ކަމަށް ސިފަކޮށްފައެވެ.

ޔޭލް ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކުރައްވާފައިވާ، ތެލުގޫ ދަރިކޮޅުގެ ހިންދޫ އާއިލާއަކަށް ނިސްބަތްވާ އޫޝާ ވެންސް ވަނީ އޭނާގެ ދީން ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އެ ދެމަފިރިންގެ ދަރިންނަށް ހިންދޫ އަދި ކްރިސްޓިއަން ދީނުގެ އާދަތައް ދަސްކޮށްދިނުމަށް މަސައްކަތްކުރާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!