ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ރޭހުގައި ކުރީގައި އުޅުއްވާ ޒަހްރާން މަމްދާނީއަށް، އެ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބުކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެމެރިކާގެ ރައީސާއި މުއްދަނސިން ދަނީ އިންތިޚާބަށް ނުފޫޒު ފޯރު ވަމުންނެވެ.
އެމެރިކާގެ 26 ބިލިއަނަރުންނާއި އެމީހުންގެ އާއިލާތަކުން ވަނީ މަމްދާނީއާ ދެކޮޅަށް މިދިޔަ ހަފްތާގައި 22 މިލިއަން ޑޮލަރަށް ވުރެ ގިނައިން ފައސާ ހޭދަ ކޮށްފައެވެ.
ޓްރަމްޕް ވަނީ މަމްދާނީ ހޮވައިފިނަމަ އެމެރިކާ ސަރުކާރުން ނިއުޔޯކަށް ދޭ ފައިސާ ދިނުން ހުއްޓާލާނެ ކަމަށް ބުނެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައެވެ. މިކަން ކޮށްފައިވަނީ ފާޅުގައެވެ.
މަމްދާނީއަށް އެމެރިކާ ރައީސާއި އޭނާއާ ގުޅިފައިވާ ސާދާގަރުންގެ ވަރުގަދަ އިދިކޮޅުކަން ކުރިމަތިވެފައިވަނީ، އޭނާގެ ސިޔާސީ ފިކުރުގެ ސަބަބުންނެވެ.
ޚިޔާލު ހޯދުމުގެ ސަރވޭތަކުން އެންމެ ކުރީގައި ހުންނެވި ކަމަށް ދައްކަނީ މަމްދާނީ އެވެ.






