މާކެޓް ދިރާސާ ކުރާ ޑެލޮއިޓްގެ އާ ސާވޭއަކުން ދައްކާ ގޮތުގައި މުޅި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެންމެ ބޮޑަށް ތައާރަފްކުރާ ގައުމެއްގެ ގޮތުގައި އިންޑިއާ ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ %83 ވިޔަފާރިތަކުން ޖެނެރޭޓިވް އޭއައި ހީވާގިކަމާއެކު ބޭނުން ކުރަމުން ގެންދެއެވެ. މިއީ އޮސްޓްރޭލިއާ، ސިންގަޕޫރު، އަދި ޖަޕާން ފަދަ ގައުމުތަކުގައި ޖެނެރޭޓިވް އޭއައި ބޭނުންކުރަ މިންވަރަށް ވުރެ އިތުރަށް އިންޑިއާގައި ޖެނެރޭޓިވް އޭއައި ބޭނުން ކުރުމުން ފާހަގަ ކުރެވުނު ކަމެކެވެ. އިންޑިއާގެ އޯގަނައިޒޭޝަންތަކުން ދަނީ ކަސްޓަމަރުންނާ ގުޅިގެން މަސައްކަތް ކުރުމަށާއި، ސޮފްޓްވެއާ ޑިވެލޮޕްމަންޓާއި، ކޮންޓެންޓް އުފެއްދުމުގެ ދާއިރާގައި މި ޓެކްނޮލޮޖީ ބޭނުން ކުރަމުންނެވެ. އަދި ޕައިލެޓް ޕްރޮޖެކްޓްތަކުން ފެށިގެން ބެނޮޑެތި ކުންފުނިތަކާ ހަމައަށް މި ތެކްނޮލޮޖީ ލާމަހައި ވަރަށް ހަލުވިކަމާއެކު ބޭނުން ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.
ޑެލޮއިޓް އިން ފާހަގަކުރި ގޮތުގައި އިންޑިއާގެ ލީޑަޝިޕް އެނބުރެނީ، ޖެނެރޭޓިވބް އޭއައިގެ ހުނަރުވެރިކަން ފަތުރައި އާންމު ކުރުމާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި އީޖާދީކަންކަމުގައި ބޭނުން ކުރުމަށް ކަމުގައިވިއަސް، އިންޑިއާގައި ޑޭޓާ ޕްރައިވެސީ އާއި އަޚުލާގީ ހަމަތަކާ އެއްގޮތަށް މަބު ބޭނުން ކުރުމާއި މުވައްޒަފުން އެ ހުނަރަށް ހޭނުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަ ކޮށްފައި ވެއެވެ.
އެ ކުންފުނީގެ ދިރާސާގައި ބުނީ އިންޑިއާގެ މި ކުރިއެރުމަކީ އޭޝިއާ ޕެސިފިކްގެ އެހެން އިގްތިސާދުތަކަށް ނަމޫނާއެއް ކަމަށެވެ. އަދި ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހަރުދަނާ ކުރުމުގެ މަސައްކަތް މަބަށް މީހުން ހޭލުންތެރިވާ މިންވަރަކުން ފުޅާވެގެންދާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.






