ދުނިޔޭގެ ނާދިރު މައުދަން ސަޕްލައި ޗެއިންއަށް މުހިންމު ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، އިންޑިއާއަކީ އެމެރިކާ އަދި ޖަޕާނާއެކު ޑިމޮކްރެޓިކް ރެއަރ އާތު ނެޓްވޯކްގެ ތިންވަނަ މައިގަނޑު ތަނބުގެ ގޮތުގައި ހަމަޖެހިދާނެ ކަމަށް މާހިރުން ލަފާ ކުރެއެވެ. ޚާއްސަކޮށް، ޗައިނާއިން ނާދިރު މައުދަންތަކުގެ އެކްސްޕޯޓް ކޮންޓްރޯލް ކުރުން އެއް އަހަރަށް ވަގުތީ ގޮތުން ހުއްޓާލުމުން އިންޑިއާއަށް ފުރުސަތު ބޮޑު ވެފައި ވެއެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ސަމިޓްގައި އެއްބަސްވެފައިވާ ކޯޅުންތައް ފިނިކުރުމުގެ ސިޔާސަތުން އިންޑިއާއަށް ނާދިރު މައުދަންގެ ދާއިރާއިން ހިންދެމި ލުމަށް ފުރުސަތު ފަހިވެފައި ވެއެވެ.
މިހާރު ދުނިޔޭގެ ނާދިރު މައުދަން ނެގުމައި ސަޕްލައި ކުރުމުގެ މާކެޓްގައި ޗައިނާއަކީ އެންމެ ބޮޑު ބާރެވެ. އެކަމަކު، ޗައިނާގެ ވަގުތީ މަޑުޖެހުމާއެކު، އިންޑިއާއަށް މިވަނީ ނާދިރު މައުދަންތައް ސާފުކޮށް އުފެއްދުމުގެ މަރުކަޒަކަށް ވެވޭނެ ފުރުޞަތެއް ލިބިފައެވެ. ދުނިޔޭގެ ސަޕްލައި ޗެއިންގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްވެ، ޑިމޮކްރެޓިކް ޤައުމުތަކުގެ މެދުގައި ވަރުގަދަ ނެޓްވޯކެއް ބިނާކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.
އިންޑިއާއަކީ މޮނަޒައިޓް އަދި ބަސްޓްނޭސައިޓް ފަދަ ނާދިރު މައުދަން ގިނަ ޤައުމެކެވެ. ޚާއްސަކޮށް، އިންޑިއާގެ ގޮނޑުދޮށްތަކުގެ ވެލިގަނޑުން މި މައުދަންތައް ގިނަ އަދަދަކަށް ފެންނަން ހުރެއެވެ. ނަމަވެސް، މިހާތަނަށް މި މައުދަންތައް ޕްރޮސެސްކުރުމުގެ ކުޅަދާނަކަން އިންޑިއާއަށް ލިބިފައެއް ނުވެއެވެ. މިހާރު މިކަމަށް އިންޑިއާއިން ވަނީ ބޮޑެތި މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ.
އިންޑިއާގައި ސޯނާ ކޮމްސްޓާ ކުންފުނިން ވަނީ މެގްނެޓް އުފެއްދުމުގެ ޕްލާންޓްތައް ގާއިމުކުރުމަށް މަސައްކަތް ފަށާފައެވެ،
އިންޑިއަން ރެއަރ އާތުސް ލިމިޓެޑް ކުންފުނިން ނާދިރު މައުދަންތައް ސާފުކޮށް ރިފައިންކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އެބަދެއެވެ.
އިންޑިއާގެ ޖައްވީ އިދާރާ، އިސްރޯއިން ވަނީ ނާދިރު މައުދަންތައް މަތީ ފެންވަރަކަށް ސާފުކުރުމުގެ ޓެކްނޮލޮޖީ ތަރައްޤީކޮށް، މި ސިނާއަތަށް ބޭނުންވާ ސާމާނު އުފެއްދުމަށް އެހީތެރިވާން ފަށާފައެވެ.
އިންޑިއާއަކީ ސިނާއީ މަރުކަޒީ މަގާމެއްގައި އޮތް ޤައުމެއް ކަމުން، މޯޓަރާއި ބެޓެރި ފަދަ ފަހުގެ ސިނާއަތްތައް އިންޑިއާއަށް ފަސޭހައިން ތަރައްޤީކުރެވޭނެއެވެ.
މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސިޔާސަތުގެ ދަށުން އަމިއްލަޔަށް ބަރޯސާވުމަށް ސަރުކާރުގެ ތާއީދު ލިބޭނެކަން ވަނީ ކަށަވަރުވެފައެވެ.
އިންޑިއާއާއި އެމެރިކާއާއި އޮސްޓްރޭލިއާ އަދި ޖަޕާން ބައިވެރިވާ "ކުއަޑް" ގެ ބައިވެރިން ގުޅިގެން ނާދިރު މައުދަން ހޯދުމާއި، ފައިނޭންސްކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމުގެ މަސައްކަތްތަކަށް ވަނީ ބުރަދަނެއް ލިބިފައެވެ. ކުއަޑް ބައިވެރިންނާއި ބްރެޒިލް ފަދަ ޤައުމުތަކުގެ އެހީތެރިކަން ލިބިއްޖެނަމަ، އިންޑިއާއަށް ދުނިޔޭގެ ރެއަރ އާތު މާކެޓްގައި ގިނަ ފަރާތްތަކެއް ހިމެނޭ، ވަރުގަދަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވާނެ ކަމަށް މުހައްލިލުން ބުނެއެވެ.






